އޭދަފުށީ ފަޅަށް ވަން މުށިމަސްތައް މަރުވެއްޖެ
އޭދަފުށީ ފަޅަށް ވަން މުށިމަސްތައް މަރުވެއްޖެ

ބ. އޭދަފުށި ފަޅުތެރެއަށް ވަން ގިނަ އަދަދެއްގެ މުށިމަސް ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އޭދަފުށީ ފަޅަށް ވަން މުށިމަސްތައް މަރުވެއްޖެ
އޭދަފުށީ ފަޅަށް ވަން މުށިމަސްތައް މަރުވެއްޖެ

އޭދަފުށިން ވާހަކަ ދެއްކި ބައެއް މީހުން "މިހާރު" އަށް ބުނީ ގިނަ މަސްތައް ކުނިވެގެން ފަޅުތެރޭގައި އޮޔާ ދަނިކޮށް އޭގެ ތެރެއިން ބައެއް މަސްތައް ފަޅުތެރެއިން ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މި ފަހުން ފަޅުތެރެއަށް ވަދެ އުޅުނު ގިނަ މުށިމަސްތަކެއް ހިމެނޭ ކަމަށް އެމީހުން ބުންޏެވެ.

އޭދަފުށީ ފަޅަށް ވަން މުށިމަސްތައް މަރުވެއްޖެ
އޭދަފުށީ ފަޅަށް ވަން މުށިމަސްތައް މަރުވެއްޖެ

އެ ރަށުގެ ކުދިބޮޑު މީހުން މިދިޔަ ދުވަސްތަކުގައި އަވަދިނެތި އުޅުނީ މުށިމަސް ބޭނުމަށެވެ. ފޫހިފިލުވުމުގެ ގޮތުން އެމީހުން މަސް ބާނަން ބަނދަރަށް ނުކުތީ ދޮއްޓާއި ކަންވާރު ހިފައިގެންނެވެ. މިއީ އޭދަފުށީގައި އާ މަންޒަރެއް ނޫނެވެ. ކުރިންވެސް އެ ރަށުގެ ފަޅުތެރެއަށް މުށިމަސް އައިންތައް ވަދެ އެވެ. އެކަމަކު މިއީ މިހާ ގިނައެއްކޮށް ފަޅުތެރެއަށް މުށިމަސް ވަން ފުރަތަމަ ފަހަރު ކަމަށްވެ އެވެ.

އެމީހުންގެ އެ މަސައްކަތަށް ހުރަސް އެޅުނީ ކުއްލި ގޮތަކަށް މަސްތައް މަރުވުމާ ގުޅިގެންނެވެ.

ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި މުށިމަސްތައް މަރުވީ އެ ރަށު ބަނދަރަށް ވަން ދޯންޏަކުން ހުއިފިލަނޑާ ކައްކާފަ ހުންނަ ފެންގަނޑު ފަޅުތެރެއަށް އަޅާލުމުންނެވެ. ފަޅުތެރެ ބެދި، އޮއިވަރު ނުދެމުމަކީ ވެސް މަސްތައް މަރުވާން ދިމާވި ކަމެއް ކަމަށް އެމީހުންނަށް ބެލެވެ އެވެ.

މަރުވި މަސްތައް ނަގައި ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ކައުންސިލުން ވަނީ ފަށައިފަ އެވެ. އަދި އޭގެ ތެރެއިން ގިނަ މަސްތަކެއް ފަޅުތެރެއިން ނަގާ އެތަން ވަނީ ސާފުކޮށްފަ އެވެ.

"އެކަމަކު، ބައެއް މަސްތައް މަރުވެގެން އަދިވެސް އެބަ އަރާ މައްޗަށް. ހެނދުނު އޮތީ މުށިމަސްތައް މަރުވެ ކުނިވެގެން މައްޗަށް އަރާ ފަޅު ތެރެ ތަޣައްޔަރުވެފައި،" އޭދަފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.