އެމްއެމްޕީއާރުސީން ޓޫރިޒަމްގެ އިސް ފަރާތްތަކަށް ހާއްސަ ޕްރޮގްރާމެއް ބާއްވައިފި
އެމްއެމްޕީއާރުސީން ޓޫރިޒަމްގެ އިސް ފަރާތްތަކަށް ހާއްސަ ޕްރޮގްރާމެއް ބާއްވައިފި

ޓޫރިޒަމް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހާއްސަ ޕްރޮގްރާމެއް ބާއްވައިފި އެވެ.

އެމްއެމްޕީއާރުސީން ޓޫރިޒަމްގެ އިސް ފަރާތްތަކަށް ހާއްސަ ޕްރޮގްރާމެއް ބާއްވައިފި
އެމްއެމްޕީއާރުސީން ޓޫރިޒަމްގެ އިސް ފަރާތްތަކަށް ހާއްސަ ޕްރޮގްރާމެއް ބާއްވައިފި

"ޓޫރިޒަމް މާކެޓިއާސް އިވްނިން" ގެ ނަމުގައި މިދިޔަ އަންގާރަ ދުވަހު ފެށި މި ޕްރޮގްރާމަކީ ޓޫރިޒަމްގެ ދާއިރާގެ އިސް ފަރާތްތައް އެއްތަނަކަށް އެއްވެ އެ ދާއިރާގައި ހުރި ކަންތައްތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއެމްޕީއާރުސީން މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ ދެ ސެޝަނަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސެޝަނުގައި މިހާތަނަށް ޓޫރިޒަމް ކުރިއެރުވުމަށް ކުރެވިފައިވާ މަސައްކަތާ ގުޅޭގޮތުން މަޝްވަރާކޮށްފައި ވާއިރު ދެވަނަ ސެޝަނުގައި ޓޫރިޒަމް ކުރިއެރުވުމަށް އިތުރަށް ކުރެވޭނެ ކަންތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ.

ތޮއްޔިބު ވިދާޅުވީ ޓޫރިޒަމްގެ ތަފާތު އުކުޅުތަކާ ގުޅޭގޮތުން އަބަދުވެސް ތަފާތު ހިޔާލުތައް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން މި ދާއިރާގެ އިސް ފަރާތްތައް އެއްވެ މި ހިޔާލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި އަންނަނީ ރާއްޖެ އަށް ޓޫރިޒަމްގެ ތަފާތު ޕްރޮޑަކްޓުތައް ތައާރަފް ކުރަން. މީގެ ތެރޭގައި ހިމެނޭނީ މައިސް އާއި ކަލްޗުރަލްގެ އިތުރުން ސްޕޯޓްސް އާއި ރެކްރިއޭޝަނަލް ޓޫރިޒަމް. އެހެންކަމުން މިކަންތަކާ މެދު ޓޫރިޒަމްގެ ތަޖުރިބާކާރުންނާ މަޝްވަރާ ކުރެވުމަކީ ވަރަށް މުހިންމު ކަމެއް." ތޮއްޔިބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން މިހާރު ވެސް އަންނަނީ ރާއްޖެ އިޝްތިހާރު ކުރުމަށް 23 މާކެޓެއްގެ ރޯޑް ޝޯއާއި ފެއާތަކުގައި ބައިވެރިވަމުންނެވެ. އެ ކުންފުނިން ކުރަމުން އަންނަ މި މަސައްކަތުގެ ނަތީޖާއަކީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރެކޯޑް އަދަދަކަށް ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކުރުުން ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.