13 ސެޕްޓެމްބަރ 2019 - 00:05

ކ. ގުޅީ ފުއްޓަރު ފަރާތަށް މަހަށް ނުކުމެ އުޅުނު ޑިންގީއެއް މިރޭ ބަންޑުން ޖަހާލައިފި އެވެ.
ފުލުހުން ބުނި ގޮތުގައި މިރޭ ނުވައެއް ޖަހާކަން ހާ އިރު ޑިންގީ ބަންޑުން ޖަހާލި އިރު އޭގައި ހަތް މީހުން ތިއްބެވެ. އެކަމަކު އެ އެންމެން ވެސް ވަނީ އެއްގަމަށް އަރައި ސަލާމަތްވެފަ އެވެ.
މި ހާދިސާގެ މައުލޫމާތު ގުޅީ ޕޮލިސް ޑެސްކަށް ލިބުމުން ފުލުހުންނާއި އެ ރަށު ރައްޔިތުންނާއި ކައުންސިލުން ގުޅިގެން އެ ޑިންގީ ވެސް ވަނީ އެއްގަމަށް އަރުވައިފަ އެވެ.