ގާދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގާދިއްފުށީގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ތ. ގާދިއްފުށީގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް 21 މިލިއަން ރުފިޔާ އަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ޝާހިދު ހުސެއިން މޫސާ އެވެ.

މި މަޝްރޫއުގެ ދަށުން ލޮނު ފެން މީރު ފެނަށް ބަދަލުކުރާ އާރްއޯ ޕްލާންޓަކާއި ފެން ރައްކާކުރާނެ ޓޭންކެއް ބަހައްޓާނެ އެވެ. މި މަސައްކަތް ދެ އަހަރު ތެރޭ ނިންމަންޖެހެ އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި މިހާތަނަށް ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ އަގު 2.6 ބިލިއަން ރުފިޔާ އަށް އަރަ އެވެ.