11 ސެޕްޓެމްބަރ 2019 - 16:35

ކުރިޔަށް އޮތް ފަސް އަހަރަށް ވެސް ޓޮޕް އެޗީވާސް އެވޯޑުގެ ސްޕޮންސަރަކަށް އެސްޓީއޯ ހަމަޖައްސައި، އެޑިއުކޭޝަން މިނިސްޓްރީއާ އެކު ސޮއިކޮށްފި އެވެ.
އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން، އަހުމަދު ރިޔާޒެވެ. އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ އައިޝަތު ޝައްފާނާ ރަޝީދެވެ.
އެސްޓީއޯ އިން ވަނީ ސާނަވީ އިމްތިހާނުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންނަށް ދެމުން އަންނަ މި އެވޯޑް ވޭތުވެދިޔަ ފަސް އަހަރު ވެސް ސްޕޮންސާ ކޮށްފަ އެވެ.
ސާނަވީ އިމްތިހާނުތަކުން އެންމެ މަތީ ދަރަޖަ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ދެމުން އަންނަ މި އެވޯޑް އެސްޓީއޯ އިން ވިދިވިދިގެން ސްޕޮންސާ ކުރާތާ މިއީ 10 ވަނަ އަހަރެވެ.