12 ސެޕްޓެމްބަރ 2019 - 08:14

ލަކުޑި ފްލޯރިން ޖަހާނަމަ އެއީ ލައްކަ މަސައްކަތެވެ. ހަމައެކަނި ބޮޑީ އަގެއް ނޫނެވެ. އެކަން ކުރާނެ ރަނގަޅު ބަޔަކު ވެސް ހޯދަން ޖެހެ އެވެ. އަނެއްކޮޅުން އެ މަސައްކަތް ކުރާއިރު ފްލޯގައި އިތުރު ލޭޔަރުތައް އަޅާ، އެތައް ވަގުތެއް ވެސް އެކަމަށް ދެއެވެ. މަސައްކަތް ނިމޭއިރު ލަކުޑި ކުނޑިތަކުން މުޅިތަނަށް އޮންނާނީ ހިރަފުސް ކުނޑި އަރައިފަ އެވެ. މި ހުރިހާ ކަމަކަށް މުނި ހޯމްކެއަރ އިން މިވަނީ ހައްލެއް ހޯދައިދީފަ އެވެ.

"ޒާރާ" ބްރޭންޑްގެ އެސްޕީސީ ހެލްތު ފްލޯރިން ޖަހާކަށް، ތިން ހަތަރު މީހުން ބޭނުމެއް ނުވާނެ އެވެ. މި ފްލޯރިން އަމިއްލަ އަށް ވެސް ރާވާލެވޭއިރު މާބޮޑު ތަޖުރިބާއަކާ ނުލައި ފަސޭހަކަމާ އެކު މިކަން ކޮށްލެވޭނެ އެވެ.

ފަސޭހައިން އަތުރާލެވޭގޮތަށް ހުންނަ މި ޝީޓްތަކުގެ އެންމެ ހާއްސަކަމަކީ ސިއްހީގޮތުން ރައްކާތެރި އަދި ތިމާވެއްޓާ ރައްޓެހި ފްލޯރިން އަކަށް ވުމެވެ. "ޒާރާ" ފްލޯރިން ގައި ބެކްޓޭރިޔާ އަށަނުގަންނާނޭ ގޮތަށް އެންޓި-ބެކްޓޭރިއަލް ފަށަލައެއް ހިމެނެ އެވެ. އަދި މި ޝީޓުތަކުން ލަކުޑީގެ އިހްސާސް ވަރަށް ފުރިހަމަ އަށް ކޮށްލެވޭނެ އެވެ.
ލަކުޑި ފްލޯރިން ހެދުމަށް އެތައް މިލިއަން ގަސްތަކެއް ކަނޑަންޖެހެ އެވެ. އެކަމަކު އެސްޕީސީ ފްލޯރިން އަކީ ލަކުޑީގެ ފިނިޝިން ގެނެސްދޭ، ވިނީލް ބޭނުންކޮށްގެން ހަދާފައިވާ ތިމާވެއްޓާ ރައްޓެހި ފްލޯރިން އެކެވެ.
އާއްމުކޮށް ހުންނަ ލަކުޑި ފްލޯރިންގެ ތެރެއަށް ފެން އެޅިއްޖެ ނަމަ، ފްލޯރިން ގަނޑު ފޮޅުމާއި ބޯވުން ފަދަ ކަންކަން ދިމާވެ އެވެ. އެކަމަކު "ޒާރާ" ފްލޯރިން އަށް ފެނުގެ އަސަރެއް ނުކުރާނެ އެވެ. އަދި މިއީ ހިރަފުސް ނުފިހާ ފަސޭހައިން ސާފުކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.
ފިހާރަތަކާއި ގޭގެ އާއި އޮފީސް ފަދަ ތަންތަކުގައި ޖަހާލަން އެންމެ ކަމުދާނެ "ޒާރާ" ބްރޭންޑްގެ ފްލޯރިން، މުނި ހޯމްކެއާގެ ފިހާރަތަކުން ލިބޭނެ އެވެ. މުނި އެންޓަޕްރައިސަސްގެ ސޭލްސް އެންޑް މާރކެޓިން މެނޭޖާ އަލީ ޝާތިރު ވިދާޅުވީ، ރާއްޖޭގައި ވިއްކާ އެހެން ފްލޯރިންތަކަށް ވުރެ "ޒާރާ" ބްރޭންޑްގެ ފްލޯރިންގެ އަގު 20 ޕަސެންޓް ހެޔޮވާނެ ކަމަށެވެ.
"ލަކުޑި ފްލޯރިންތަކުގައި ހިނގާއިރު ވަރަށް އަޑުގަދަވާނެ، މީގެ ދަށުގަ އިންނަ ހާއްސަ ޕެޑެއްގެ ސަބަބުން ސައުންޑް ޕްރޫފްކޮށްދޭތީ އެ އަޑުފަށްގަނޑު އެއްގޮތަކަށް ވެސް ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ކައްސާނުލުމާއި ކޫރު ނޭޅޭ ގޮތަށް އުފައްދާފައިވާ މި ފްލޯރިން ރާއްޖެއަށް ތަޢާރަފްކުރުމުގެ ބޭނުމަކީ ވީހާ ވެސް ލުއިގޮތަކަށް ފްލޯރިން ޖެހުމުގެ މަސައްކަތް ކުރެވޭނެ ގޮތް ހެދުން ކަމަށް އަލީ ވިދާޅުވި އެވެ.
"ލަކުޑި ފްލޯރިންގަ ވަރަށް ފަސޭހައިން މޮއިސްޗާ އުފެދޭ، ބެކްޓެރިޔާ އަށަގަންނަންޏާ ފަސޭހައިން ބަލިތައް ޖެހޭ، އަނެއްކާ ހޫނުގެ ސަބަބުން އާވި އުފެދި އެ އާވި ބޭރުނުވެ ފްލޯރިން ވަރަށް އަވަހަށް ހަލާކުކޮށްލާ. "ޒާރާ" ފްލޯރިންގައި އެ ދެ ގޮތެއް ނުވާނެ. އެހެންވެ މި ބްރޭންޑް ދުނިޔޭގެ މާކެޓަށް ނެރުނީމަ އަޅުގަނޑުމެން ވެސް ބޭނުންވީ މި ފްލޯރިން ރާއްޖެ ގެންނަން،" އޭނާ ވިދާޅުވި އެވެ.
މުނި ހޯމްކެއާ އިން "ޒާރާ" ބްރޭންޑްގެ ފްލޯރިން މާކެޓަށް ނެރެފައިވާއިރު އެ ފިހާރަ ބޮޑުކުރުމަށް ފަހު އަންނަނީ ތަފާތު އާ ބްރޭންޑްތަކުގެ އުފެއްދުންތައް ތަޢާރަފްކުރަމުންނެވެ. އެ ގޮތުން ޔޫރަޕްގެ ހައި ކޮލިޓީ ބްރޭންޑްތަކުގެ އުފެއްދުންތައް އެ ފިހާރައިން އަންނަނީ ދިވެހި މާކެޓަށް ނެރެމުންނެވެ.