11 ސެޕްޓެމްބަރ 2019 - 11:34

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރ. މީދު އާއި އަލިފުއްޓަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
މި ދަތުރުފުޅުގައި، އަލިފުށީ ސްކޫލުގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބާއްވާ ޖަލްސާގައި ރައީސް ބައިވެރިވަޑައިގަންނަވާނެ އެވެ.
ރައީސް ފުރަތަމަ ވަޑައިގަތީ މީދު އަށެވެ. އެ މަނިކުފާނަށް އެ ރަށުން ހޫނު މަރުހަބާއެއް ދެންނެވި އެވެ.
މި ދަތުރުފުޅުގައި މީދު އާއި އަލިފުށި އަދި އެ އަތޮޅު ކައުންސިލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ދެ ރަށުގެ މުއައްސަސާތަކުގެ އިސްވެެރިންނާ ބައްދަލު ކުރައްވާނެ އެވެ.
މި ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.
ނ. މިލަދޫ އަދި ކުޑަފަރީ ސްކޫލުގެ 50 ވަނަ އަހަރީ ދުވަސް ފާހަގަކުރައްވަން އެ ދެ ރަށަށް ވެސް ރައީސް ވަނީ މިދިޔަ ހަފުތާގައި ވަޑައިގަނެފަ އެވެ. އެ ދަތުރުފުޅުގައި އެ ދެ ރަށުގެ ކައުންސިލާއި ސަރުކާރުގެ އެހެން މުއާސަސާތަކުގެ އިސްވެރިންނަށް އެ މަނިކުފާނު ބައްދަލުކުރެއްވި އެވެ.