11 ސެޕްޓެމްބަރ 2019 - 14:31

ޓްރީޓޮޕް ހޮސްޕިޓަލުގެ ހީމޯޑަޔަފިލްޓްރޭޝަން ޑަޔަލަސިސް ޕެކޭޖް މިއަދުން ފެށިގެން އަގުހެޔޮ ކޮށްފި އެވެ.
ޓްރީޓޮޕުން ބުނީ މިއަދުން ފެށިގެން އެ ޕެކޭޖް އެ ހޮސްޕިޓަލުން ލިބޭނީ 1000ރ. އަށް ކަމަށެވެ. މިއީ އާސަންދަ އަށް ކެނޑުމަށްފަހު އެވެ.
ހީމޯޑަޔަފިލްޓްރޭޝަން ފަރުވާއަކީ ޑަޔަލަސިސް ފަރުވާ އަށް މިހާރު ދޭ އެންމެ ފެންވަރު ރަނގަޅު ފަރުވާ އެވެ. ޓްރީޓޮޕުން ބުނީ ޑަޔަލަސިސްގެ ހިދުމަތް ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން، ހީމޯޑަޔަފިލްޓްރޭޝަންގެ ފަރުވާ ހޯދާ މީހުންގެ ދިރިއުޅުމުގެ ހާލަތް އާންމު ގޮތެއްގައި އާދައިގެ ޑަޔަލަސިސް ފަރުވާ ހޯދާ މީހުންނަށް ވުރެ ރަނގަޅު ކަމަށެވެ. މި ފަރުވާގައި ބޭނުންކުރާ ފެނުގެ ސާފުތާހިރުކަމުގެ ފެންވަރު މަތިކޮށްފައިވާތީ، އެހެނިހެން ބަލިތައްޖެހުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި މި ހިދުމަތް ފޯރުކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އެ ހޮސްޕިޓަލް ނެފްރޮލޮޖީ ޑިޕާޓްމަންޓްގެ ޑރ. މްލާޑެން ނޯޓެކް އެވެ. މީގެ އިތުރުން އަމަލީ އެހީތެރިކަން ފޯރުކޮށްދެނީ ކިޑްނީ ބަލިތަކުގެ ތަމްރީނު ނަރުހުންނެވެ.
- އެޑްވާންސް ޑަބަލް ރިވާސް އޮސްމޯސިސް، ފެން ސާފުކުރާ ސިސްޓަމް.
- އައިސޮލޭޝަން ކޮޓަރި.
- ބޮޑީ ކޮންޕޮސިޝަން މޮނީޓަރު.
- ފަރުވާ ހޯދުމަށް ހާއްސަކޮށްފައިވާ ޔުނިޓް.
- ޑަޔަޓީޝަންގެ ލަފާގެ މަތިން ތައްޔާރުކޮށްފައިވާ ކެއުން.
މި ފަރުވާ ހޯދަން އެދޭ މީހުން ހެނދުނު 9:00 އިން ރޭގަނޑު 10:00 ގެ ނިޔަލަށް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ. މި އެޕޮއިންޓްމަންޓް ހައްދަން ޓްރީޓޮޕުގެ ގެސްޓް ޕޯޓަލް ބޭނުން ކުރެވޭނެ އެވެ.