10 ސެޕްޓެމްބަރ 2019 - 22:07

އެޕަލްގެ އިވެންޓް މިހާ ހިސާބުން ނިމުނީ
އައިފޯން 11 ޕްރޯ 999 ޑޮލަރަށް އަދި އައިފޯން 11 ޕްރޯ މެކްސް 1،099 ޑޮލަރަށް. ފޯނު ބާޒާރަށް ނެރޭނީ މި މަހުގެ 20 ގައި. މިއާ އެކު ކުރީގެ މޮޑެލްތަކުގެ އަގު ވަނީ ދަށްކޮށްފައި
މިކަމަށް ބޭނުންވާ އެޕް މިއަހަރުގެ ފަހުކޮޅު ލިބޭނެ
އައިފޯނުގައި ފިލްމޭކް ޕްރޯ އިން، އެއްފަހަރާ އެތައް ބައިވަރު އައިފޯނެއް ބޭނުންކޮށްގެން އެކި އޭންގަލްތަކުން ވީޑިއޯ ޝޫޓްކުރެވޭ
ވީޑިއޯ އެޑިޓްކުރުމުގައި ވެސް އާ ފީޗާތައް ވަނީ ގެނެސްފައި
ޕްރޯގެ ކެމެރާގެ ފެންވަރާއި ފޮޓޯ އައި ވީޑިއޯގެ ފެންވަރު ވެސް އެތައް ގުނައެއް ވަރުގަދަކޮށް، ތަފާތު އެކި ފީޗާތައް އަލަށް ތައާރަފްކޮށްފައިވޭ
ޕްރޯގައި، ޓެލެފޮޓޯ ކެމެރާ ހިމަނާފައިވޭ. އެހެންވެ ދުރުގައި ހުންނަ އެއްޗެހީގެ ފޮޓޯ ރީތިކޮށް ނެގޭނެ. އެހެންވެ މިއީ ވައިޑް އަދި ޓެލެފޮޓޯ ކެމެރާ ހިމެނޭ އެއްޗެއް
އައިފޯން 11 ޕްރޯގެ ބެޓެރި، އެހެން އައިފޯނުގެ ބެޓެރިތަކަށް ވުރެ އިތުރަށް ފަސް ގަޑިއިރު ހިފަހައްޓާނެ
އައިފޯން 11 ޕްރޯ ހަތަރު ކުލަޔަކުން ލިބޭނެ.
ކުކް ވިދާޅުވީ މިއީ އާ ޑިޒައިނަކަށް، މިހާތަނަށް ހެދި އެންމެ ބާރުގަދަ އައިފޯނު ކަމަށް
އައިފޯން 11 ޕްރޯ ވެސް ތައާރަފްކޮށްފި. މީގައި ތިން ކެމެރާ ހިމެނޭ
އައިފޯން 11 ގެ އަގަކީ 699 ޑޮލަރު.
އައިފޯން 11 ގެ ބެޓެރި، އެންމެ ފަހުގެ އައިފޯނަށް ވުރެ އެއް ގަޑިއިރު ހިފަހައްޓާނެ
ކެމެރާގައި އެންމެ ހާއްސަ ކަމަކީ އަލްޓްރާ ވައިޑް ފީޗާ
ޗިޕް ވަރުގަދަކޮށް، މިފަހަރު ވަނީ އެންމެ ބާރުގަދަ ފޯނަސް ހަދާފައި. އެންމެ ފާސްޓް ސީޕީޔޫ ހިމެނޭނީ މި ފޯނުގައި
ސްލޯމޯ ސެލްފީ އަށް ދީފައިވާ ނަމަކީ "ސްލޯފީ"
ފްރަންޓް ކެމެރާ އަށް ސްލޯމޯޝަން ވީޑިއޯ ފީޗާ ވަނީ އާ ފޯނުގައި ގެނެސްފައި
އެކި މޯޑުތަކުގައި ވީޑިއޯ ރެކޯޑްކުރުމުގެ ގާބިލްކަން ވެސް ވަނީ ވަރަށް ބޮޑަށް ތަރައްގީކޮށްފައި.
ނައިޓް މޯޑުގައި ފޮޓޯ ނެގުމުގެ ގާބިލްކަން، އައިފޯން 11 ގައި ވަނީ ވަރަށް ބޮޑަށް ރަނގަޅުކޮށްފައި.
"އަލްޓްރާ ވައިޑް ފޮޓޯ" އިން ކުޑަ ތަންކޮޅެއްގައި ރީތި ފޮޓޯ ނެގޭ
މީގެ ފަހަތުގައި ދެ ކެމެރާ ހިމަނާފައި ވާއިރު، ވައިޑް ފޮޓޯ އަށް ހާއްސަ ކެމެރާއެއް ހިމަނާފައިވޭ. މީގެ އިތުރުން އަނދިރީގައި ފޮޓޯ ނެގުމުގެ ގާބިލްކަން ވަނީ އިތުރުކޮށްފައި.
އައިފޯން 11 ހަ ކުލަޔަކުން ލިބޭނެ.
އައިފޯން 11 ތައާރަފްކޮށްފި. މީގެ ފަހަތުގައި ދެ ކެމެރާ ހަރުކޮށްފައިވޭ
އައިފޯން ތައާރަފްކުރަނީ
އާ ގަޑި މި މަހު 20 އިން ފެށިގެން ގަންނަން ލިބޭނެ.
ޖީޕީއެސް މޮޑެލް 399 ޑޮލަރަށް، ސެލިއުލާ މޮޑެލް 499 ޑޮލަރަށް. އަދި 199 އަށް ވެސް ވަނީ އެހެން މޮޑެލްތައް އަގު ދަށްކޮށްފައި
ސީރީޒް 5 ގައި ސަމުގައި ވެސް ހިމެނޭނެ. މި ސަމުގާ އިން މިސްރާބުގެ އިތުރުން އެހެން އެތައް މައުލޫމާތެއް ވެސް ލިބޭނެ.
"އޯލްވޭސް އޮން ޑިސްޕްލޭ" ވިޔަސް ގަޑި ހަދާފައިވަނީ ބެޓެރީގެ ހަރަދު ކުޑަވާ ގޮތަށް. މި ގަޑި އަބަދު ދިއްލިފައި 18 ގަޑިއިރު އޮންނާނެ.
އެޕަލް ވޮޗް ސީރީޒް 5 ތައާރަފްކޮށްފި. މި ގަޑީގެ ސްކްރީން އަބަދުވެސް ހުންނާނީ ދިއްލިފައި.
ދެން ތައާރަފްކުރާނީ އެޕަލް ވޮޗް
މި އައިޕެޑްގެ އަގު ފެށެނީ 329 ޑޮލަރަށް، މިއަދުން ފެށިގެން މިއަށް އޯޑަރު ކުރެވޭނެ. ޝިޕްކުރަން ފަށާނީ އަންނަ މަހު
ކުރީގެ އައިޕެޑްތަކަށް ވުރެ ސްކްރީންގެ ފެންވަރު ރަނގަޅު އަދި ސްޕީޑް ދެ ގުނަ އަވަސް
އައިޕެޑް 7 ތައާރަފްކޮށްފި. ސްކްރީން ސައިޒަކީ 10.2 އިންޗި
އެޕަލް ޓީވީ ޕްލަސްގެ އަގަކީ އެހެން ސްޓްރީމިން ސާވިސްތަކަށް ވުރެ މާ ބޮޑަށް ވެސް ހެޔޮ އަގެއް
އައިފޯން، އައިޕެޑް މެކް ގަތުމުން އެޕަލް ޓީވީ ޕްލަސް އެއް އަހަރަށް ހިލޭ ލިބޭނެ
އެޕަލް ޓީވީ ޕްލަސްގެ ފުރަތަމަ ޝޯ ނޮވެމްބަރު 1 ގައި ފަށާނެ. ފުރަތަމަ ފަށާއިރު ވެސް 100 އަށް ވުރެ ގިނަ ގައުމަށް ލިބޭނެ. އަގަކީ މަހަކު 4.99 ޑޮލަރު
އެޕަލް ޓީވީ ޕްލަސްއާ ބެހޭ ގޮތުން ޓިމް ކުކް ވާހަކަ ދައްކަވަނީ.
މި މަހުގެ 19 އިން ފެށިގެން 190 ގައުމަކަށް އެޕަލް އާކޭޑް ލިބޭނެ.
ހަފުލާ ފައްޓަވަވައިދެއްވަމުން ސީއީއޯ ޓިމް ކުކް ވިދާޅުވީ ވަރަށް ހާއްސަ ކަންތައްތަކެއް މި ހަފުލާގައި ހިމެނޭ ކަމަށް. ހަފުލާ ފެށީ އެޕަލްގެ ގޭމިން ޕްލެޓްފޯމް އެޕަލް އާކޭޑަށް ގެނައި ކުރިއެރުންތަކުގެ ތައާރަފަކާ އެކު
އެޕަލްގެ އާ އުފެއްދުންތައް ދައްކާލާ ހަފުލާ، ސްޓީވް ޖޮބްސް ތިއޭޓަރުގައި ފަށައިފި. ދައުވަތު ދީގެން ގޮސް ތިބި އެތައް ހާސް ބަޔަކާ އެކު ކުރިއަށްދާ މި ހަފުލާފައި އެޕަލްގެ އާ އައިފޯނާއި އެހެން ބައެއް އުފެއްދުންތަކާއި އާ ހިދުމަތްތައް ތައާރަފްކުރާނެ.