10 ސެޕްޓެމްބަރ 2019 - 16:00

ކޮލަމްބޯ (ސެޕްޓެމްބަރު 10) - ސްރީ ލަންކާގެ ގައުމީ ޓީވީ ހިންގާ ރުޕަވާހިނީ ކޯޕަރޭޝަން ޑިފެންސް މިނިސްޓްރީގެ ކޮންޓްރޯލުގެ ދަށަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ގެންނަވައިފި އެވެ.
ލަންކާގެ ޑިފެންސް މިނިސްޓަރަކީ ވެސް ސިރިސޭނާ އެވެ.
ޑިފެންސް މިނިސްޓްރީގެ ދަށަށް ގައުމީ ޓީވީ ގެނައުމަށް ނެރުނު އަމުރުގައި ސިރިސޭނާ ވިދާޅުވެފައި ވަނީ އެކަން ކުރައްވަނީ ގާނޫނު އަސާސީގެ ދަށުން ރައީސް އަށް ލިބިދެވޭ ބާރުގެ ދަށުން ކަމަށެވެ. އެ ބަދަލު ގެނައި ސަބަބެއްގެ ގޮތުގައި ވިދާޅުވެފައި ވަނީ ގައުމީ ސުލްހަ މަސަލަސްކަން ގާއިމްކޮށް، ރައްޔިތުންގެ ހަމަޖެހުމާއި ގައުމީ ސަލާމަތަށްޓަކައި ކަމަށެވެ.
ލަންކާގެ ގައުމީ ޓީވީ މީގެ ކުރިން ހިންގީ މާސް މީޑިއާ މިނިސްޓްރީގެ ދަށުންނެވެ.
ސިރިސޭނާގެ ކޮންޓްރޯލް އޮންނަ ގޮތަށް ޑިފެންސް މިނިސްޓްރީގެ ދަށަށް ގައުމީ ޓީވީ ގެނެސްފައި މި ވަނީ ރިޔާސީ އިންތިޚާބު އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުންދާ ދުވަސްވަރެއްގަ އެވެ.