ތަހުގީގާ ގުޅިގެން އަޅާ ފިޔަވަޅުތައް ދެން ފެންނާނެ: ރައީސް
ތަހުގީގާ ގުޅިގެން އަޅާ ފިޔަވަޅުތައް ދެން ފެންނާނެ: ރައީސް

ޕްރެސް ކޮންފަރެންސް ނިންމާލައިފި

މިހާތަނަށް ކޮށްފައިވާ ތަހުގީގާ ގުޅިގެން ފިޔަވަޅު އަޅަން ފަށާނެ، އެކަން މިއަދުން ފެށިގެން ފެންނަމުން ދާނެ.

އާންމުންގެ ބައެއް މީހުންނަށް ރިޕޯޓް ފެނިފައި އެބަހުރި. ރިޕޯޓްގައި، ހާމަވެއްޖެ ނަމަ ތަހުގީގަށް ހުރަސް އެޅޭނެ މައުލޫމާތު އެބަހުރި. އެ މައުލޫމާތު ހާމަ ނުކުރުން އެދެން.

ކޮމިޝަނަށް އެއްބާރުލުން ނުލިބިގެން އެތަނުން ޝަކުވާއެއް ލިބިފައި ނެތް ކަމަށް ރައީސް ވިދާޅުވި

ފުލުހުންނަށް، އޭޖީ އަށް އަދި ޕީޖީ އަށް ވެސް ޑްރާފްޓް ރިޕޯޓް ހަވާލުކޮށްފައި ނުވާ ކަމަށާއި އެގޮތަށް ނިންމީ ފައިނަލް ރިޕޯޓް ވަރަށް އަވަހަށް ނިމޭނެ ކަމަށް ކޮމިޝަނުން ބުނެފައި ވާތީ ކަމަށާއި އެކަމަކު މިހާރު ވަނީ އެ ފަރާތްތަކާ ރިޕޯޓް ހިއްސާކޮށްފައި ކަމަށް ވިދާޅުވި. އެހެންވެ، އިދާރާތަކުގެ މެދުގައި މިހާރު ރިޕޯޓާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ވާހަަކަ ދެއްކުމުގެ ފުރުސަތު ނޯންނާނެ ކަމަށް ރައީސް ވިދާޅުވި.

ތަހުގީގުގައި، ގުޅުވަންޖެހޭ ޑޮޓްތައް އެބަހުރި ކަމަށާއި ސުވާލުކުރަން ޖެހޭ މީހުން އެބަތިބި ކަމަށާއި އެހެންވެ އެއްވެސް ފަރާތަކުން ތަހުގީގަށް ހުރަސް އެޅޭ ކަންކަން ނުކުރުމަށް އެދިވަޑައިގެންނެވި

ޑްރާފްޓް ރިޕޯޓެއް މިގޮތަށް އާންމުކޮށް، ސިއްރުތަކެއް ހާމަކުރުމަކީ އެންމެ ރަނގަޅަށް ކުރި ކަމެއްތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ، މައިގަނޑު އަމާޒަކީ ރިލްވާނަށް ވީ ގޮތެއް ހޯދައި އެކަން ކުރި ބަޔަކު ހޯދައި މިފަދަ ކަމެއް ތަކުރާރު ވިޔަ ނުދިނުން ކަމަށް. ކޮމިޝަނުން މަސައްކަތްކުރައްވާ ގޮތް ރަނގަޅު ކަމަށާއި މަަސައްކަތް ކާމިޔާބު ވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި

އަދި މިހާތަނަށް ލިބިފައި އޮތީ ޑްރާފްޓް ރިޕޯޓެއްކަން ހަނދާން ކުރައްވާތި. ދެ ޑްރާފްޓްގައި ތަފާތުތަކެއް ވެސް އެބަހރި. އެއީ ތަހުގީގުުކުރާއިރު އަންނާނެ ބަދަލުތައް.

ސަރުކާރުގެ ހުރިހާ މުއައްސަސާއަކުން ވެސް އެއްބާރުލުން ލިބޭ ކަމަށް ކޮމިޝަނުން ވަނީ ބުނެފައި. އެހެންވެ، ދަތިކަމެއް ނެތް ކަމަށް ވިދާޅުވި.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ވެސް ބަދަލު ގެންނަންޖެހޭ. އެގޮތުން ޓެރަރިޒަމްގެ ބޮޑެތި މައްސަލަތައް ފަދަ ކަންކަމުގައި، މިހާރު ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ގިނަ ދުވަހު މީހުން ބަންދުގައި ބައިތިއްބަންޖެހޭ ފަހަރު އަތުވެދާނެ.

ދޭން ބޭނުންވާ ޔަގީންކަމަކީ މިކަމުގައި ފަހަތަކަށް ނުޖެހޭނަމޭ. މިކަން ކުރާއިރު ބައެއް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ. އެގޮތުން، ޓެރަރިޒަމްގެ ގާނޫނަށް ބަދަލު ގެންނަންޖެހޭ.

ކޮމިޝަންގެ ރިޕޯޓްގެ ފައިނަލް އަވަސްކުރުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައި.

މިހާރުން މިިހާރަށް ކުރަންޖެހޭ ކަންކަން ހަލުވިކުރަން ވަނީ އެއްބަސްވެފައި. އެ މަސައްކަތް އިއްޔެ ވަނީ ފަށާފައި. އެގޮތުން، ހައްޔަރުކުރަންޖެހޭ މީހުން ތިބިތޯ ބަލައި އެކަން ކުރުމުގެ މަސައްކަތް ވެސް ދާނެ

ފުރުން މަނާކުރަންޖެހޭ މީހުންނާއި ހައްޔަރުކުރަންޖެހިއްޖެ ނަމަ ހައްޔަރުކުރަންޖެހޭ މީހުން ވެސް އެބަތިބި.

ރިލްވާން ވަގަށް ނެގި މައްސަލާގައި ހާމަވި މައުލޫމާތުން، ވަގުތުން އަޅަންޖެހޭ ފިޔަވަޅުތަކެއް ހުރި ކަމަށް އާއިލާ އިންނާއި އެހެން ފަރާތްތަކުން އަންނަނީ ބުނަމުން. އެހެންވެ ކަމާބެހޭ ފަރާތްތަކާ އިއްޔެ ބައްދަލުކޮށް، މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުަތަކާ ބެހޭ ގޮތުން ވާހަކަ ދައްކައިފިން.

ކޮމިޝަނުން ވަރަށް އުނދަގޫ ބުރަ މަސައްކަތްތަކެއް ކުރައްވައިފި. މިހާތަނަށް ދެ ޑްރާފްޓެއް ލިބިފައިވޭ. އަފްރާޝީމްގެ މައްސަލާގައި 90 ޕަސެންޓް ވަނީ ނިމިފައި. އަދި ރިލްވާންގެ މައްސަލައިގެ ތަހުގީގު ވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް ވަނީ މައުލޫމާތު ދީފައި

ޕްރެސް ކޮންފަރެންސް ފަށައިފި

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި، ކުރު ޕްރެސް ބްރީފިންއެއް ބޭއްވުމަށް ހަމަޖެހިފައި ވަނީ ރައީސް އޮފީހުގަ އެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ޕްރެސް ކޮންފަރެންސް ފަށާނެ އެވެ.

މަރާލައިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އުފެއްދި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް ފަހު ބުނެފައި ވަނީ ރިލްވާން ކިޑްނެޕްކޮށްގެން ގެންގޮސް، ކަނޑުމަތީގައި ކަރުބުރިކޮށްލައި ކަނޑު ފެއްތީ ކަމަށެވެ. މި މައްސަލައިގައި ޝާމިލްވާ މީހުންގެ ނަންތަކާ އެކު ކޮމިޝަނުން ވަނީ ވަގުތީ ޑްރާފްޓެއް އެކުލަވާލައިފަ އެވެ. އަދި ރިލްވާންގެ މަރުގެ ތަހުގީގު އެހެން ދިމާއަކަށް އަނބުރާލި ކަމަށް ތުހުމަތު ކުރެވޭ ދެ ފުލުހަކު ހައްޔަރު ނުކޮށްގެން އާންމުންގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

(ތަފުސީލު އަންނަނީ)