09 ސެޕްޓެމްބަރ 2019 - 10:47

ދަންވަރު މަގުމަތީގައި ރޯން ހުރި ކުޑަ ކުއްޖަކު ފުލުހުންގެ ހިމާޔަތަށް ގެންގޮސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކުޑަ ކުއްޖާ ފެނުނީ ބުރުޒުމަގުން، ޕޭވްމަންޓް މަތީގައި ހުއްޓަ އެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯއަކުން ފެންނަ ގޮތުގައި އެ ކުއްޖާ ހުންނަނީ ނިދާ ހެދުމުގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުއްޖާ ފެނުނީ ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންގެ ބަޔަކަށް 12:45 ހާއިރު ކަމަށެވެ. އެ ކުއްޖާ ފުލުހުންގެ ހިމާޔަތަށް ގެންގޮސް ރޭ 1:00 ހާއިރު ކުއްޖާގެ ބެލެނިވެރިންނާ ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.