ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ
ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ

ބޯޓުގައި ރޯވީ ކީއްވެގެން ކަމެއް ނުވަތަ ދިމާވީ ކޮން މައްސަލައެއް ކަމެއް އެއާލައިނުން އަދި ހާމައެއް ނުކުރޭ.

ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ
ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ

ޓޫރިސްޓުން މިހާރު ވަނީ ބަހުގައި ހުޅުމާލެ އަށް ގެންގޮސްފައި.

ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ
ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ

ބޯޓުން ދަތުކުރި މީހުންގެ ތެރޭގައި ގިނައީ ބިދޭސީން. އެ މީހުން ހުޅުމާލޭ ގެސްޓް ހައުސްތަކަށް ގެންދަނީ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެ މިނިސްޓްރީގެ އޮފިޝަލުން އެއާޕޯޓުގައި ހަރަކާތްތެރިވަމުން އެބަ ދޭ. މިނިސްޓަރާ ހަވާލާދީ މިނިސްޓްރީން ބުނީ ބޯޓުގައި ތިބި ޓޫރިސްޓުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި ހުރިހާ ކަމެއް ވެސް ރަނގަޅަށް އިންތިޒާމް ކުރެވިފައިވާ ކަމަށް

ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ
ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ

ބޯޓުން ދަތުރުކުރި މީހަކު ބުނެފައިވާ ގޮތުގައި ބޯޓު ނައްޓާލި ފަހުން، އެނބުރި ޖެއްސުމާ ދޭތެރޭ ވައިގެ ތެރޭގައި ހޭދަވީ ގާތްގަނޑަކަށް ވިއްސަކަށް މިނެޓް. އަދި ބޯޓުގައި އަލިފާން ރޯވެ، ބޯޓު ކުޑައިރުކޮޅެއްގެ ތެރޭގައި އަނބުރާ ޖައްސާ ވާހަކަ ބޯޓުގެ ކެޕްޓަން ބުނި ކަމަށް އޭނާ ބުނި. ބޯޓު ޖެއްސި އިރު އެންމެން ވެސް ތިބީ ސަލާމަތުން ކަމަށް އޭނާ ބުނި.

ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ
ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ

ބޯޓުން ދަތުރުކުރި އެކަކަށް ވެސް ގެއްލުމެއް ނުލިބޭ.

ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ
ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ

ބޯޓު އެއާޕޯޓަށް ޖެއްސީ އެ ބޯޓު ނައްޓާލި އިރުމަތީ ކޮޅަށް. އެހެން ނަމަވެސް، ބޯޓު ޖެއްސި އިރު އަލިފާނެއް ނެތް. އެ ބޯޓުން ދަތުރު މީހަކާ ހަވާލާ ދީ، އާއިލާގެ މީހަކު ދެންމެ ބުނި ގޮތުގައި ބޯޓުގައި ހިފި އަލިފާން ވައިގެ ތެރޭގައި ނިއްވާލީ.

ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ
ރޯވި ބޯޓު ހުޅުލެ އަށް ޖައްސައިފި، އެކަކަށް ވެސް ގެއްލުމެއް ނުލިބޭ

އެއާ އޭޝިއާ އިން ގެންދަނީ ރާއްޖެ އާއި ބެންކޮކް އަދި މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރަށް ސީދާ ދަތުރުތައް ކުރަމުން. އަދި ވަރަށް ގިނަ މީހުން އެ އެއާލައިނުން ދަތުރުކުރޭ.

މިއީ އިންޖީނުގައި މި ގޮތަށް އަލިފާން ރޯވެގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މި ފަހުގެ ތާރީޚުގައި ޖެއްސި ފުރަތަމަ ބޯޓު. މުޅި އެއާޕޯޓް މި ވަގުތު އޮތީ ކުއްލި ހާލަތުގައި.

އެއާ އޭޝިޔާގެ ބޯޓު ދާދި ދެންމެއަކު ވެލާނާ އެއާޕޯޓްގައި ޖައްސައިފި

މަންޒަރު ދުށް މީހަކު ބުނީ ބޯޓު އެއާޕޯޓުގެ އިރުމަތީ ފަރާތުން ނައްޓާލި އިރު ވެސް އަލިފާން ރޯވެފައި ހުރި ކަމަށާއި ގާތްގަނޑަކަށް ދެ މިނެޓެއްހާ އިރުގެ ތެރޭގައި އަޑެއް ގޮވި ކަމަށް. އަދި ބޯޓު އަނބުރާލި ކަމަށް، ލެމަންގްރާސް ސީވިއުގައި އިން އެ މީހާ ބުނި.
"މިތަނަށް އެ މަންޒަރު ވަރަށް ރީތިކޮށް ފެނޭ. ބެލެވޭ ގޮތުގައި ރޯވެފައި ހުރީ އިންޖީނުގައި،" އޭނާ ބުނި.

އެނގިފައިވާ ގޮތުން މިއީ ހުޅުލެ އިން ފުރައިގެން މީގެ ކުޑައިރުކޮޅެއް ކުރިން ބެންކޮކަށް ފުރި ބޯޓެއް. އަދި ހުޅުލެ މަތީގައި މިހާރު ބުރު ޖަހަމުންދާ ބޯޓު އެގޮތަށް ދުއްވަމުން ގެންދަނީ ޖެއްސުމުގެ ކުރިން އެއިން ތެޔޮ ހުސްކުރުމަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ދިޔަ އެއާއޭޝިޔާގެ މަތިންދާ ބޯޓެއްގައި ރޯވެ ދާދި ދެންމެއަކު އެނބުރި ހުޅުލެ އަށް ޖައްސަން ތައްޔާރުވެއްޖެ އެވެ.

އިތުރު ތަފުސީލު އަންނަނީ