ގައިޑުގެ ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕް ނިންމާލައިފި
ގައިޑުގެ ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕް ނިންމާލައިފި

ރާއްޖޭގެ އެކި ސްކޫލްތަކުގެ ގާލް ގައިޑުންނާއެކު ބޭއްވި 21 ވަނަ ޕެޓްރޯލް ލީޑާސް ޓްރެއިނިން ޕްރޮގްރާމް ނިންމާލައިފި އެވެ.

ގައިޑުގެ ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕް ނިންމާލައިފި
ގައިޑުގެ ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕް ނިންމާލައިފި

މި ޕްރޮގްރާމް ނިންމާލުމަށް މިއަދު މާފުށީގައި ބޭއްވި ހަފްލާގައި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެ ވަޑައިގަތެވެ. އަދި ގާލްގައިޑް އެސޯސިއޭޝަނުގެ އިސް ވެރިންނާއި ދިރާގުގެ ޗީފް ފައިނޭންޝިއަލް އޮފިސާ ރޮބިން ވޯލް ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.

ގާލްގައިޑް އެސޯސިއޭޝަނުން ބޭއްވި މި ޓްރެއިނިން ޕްރޮގްރާމުގައި މޭލޭގެ އިތުރުން 14 އަތޮޅަކުން 36 ސްކޫލެއްގެ 13-17 އަހަރާއި ދެމެދުގެ 290 ގައިޑުން އަދި 59 ގައިޑް ލީޑަރުން ބައިވެރިވި އެވެ. މިއީ މުޖުތަމައުގެ ތަފާތު ކަންކަމަށް ކުދިން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ތީމްތަކަކަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ ޕްރޮގްރާމެކެވެ.

ނައިބު ރައީސް ވަނީ މި ޕްރޮގްރާމުގައި ބައިވެރިންނަށް ޕްރޮގްރާމުގައި ދަސްވި އެއްޗެހި އާންމު ދިރިއުޅުމުގައި ބޭނުންކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ. ރާއްޖޭގައި ލާމަރުކަޒީ ނިޒާމެއް ގާއިމުވެގެން އަންނައިރު އަންހެނުންގެ ބާރުވެރިކަން ވަރަށް މުހިންމު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަހަރުގެ ޕެޓްރޯލް ލީޑާސް ޓްރެއިނިން ޕްރޮގްރާމުގެ ތީމަކީ "ސާފް ސްމާޓް" އެވެ. މި ތީމްގެ ދަށުން ކޭމްޕުގެ ބައިވެރިންނަށް، ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ތަމްރީން ދިނެވެ. މި ތަމްރީނަކީ ދިރާގާ ގުޅިގެން ގާލް ގައިޑް އެސޯސިއޭޝަނުން ބޭއްވި ތަމްރީނެކެވެ.