ދިރާގާއި ގާލްގައިޑް ގުޅިގެން "ސާފް ސްމާޓް" ޕްރޮގްރާމް ފަށައިފި
ދިރާގާއި ގާލްގައިޑް ގުޅިގެން "ސާފް ސްމާޓް" ޕްރޮގްރާމް ފަށައިފި

ދިރާގުން ގާލްގައިޑް އެސޯސިއޭޝަނާ ގުޅިގެން އެ އެސޯސިއޭޝަނުގެ 21 ވަނަ ޕެޓްރޯލް ލީޑާސް ޓްރެއިނިން ކޭމްޕުގައި "ސާފް ސްމާޓް"ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.

ދިރާގާއި ގާލްގައިޑް ގުޅިގެން "ސާފް ސްމާޓް" ޕްރޮގްރާމް ފަށައިފި
ދިރާގާއި ގާލްގައިޑް ގުޅިގެން "ސާފް ސްމާޓް" ޕްރޮގްރާމް ފަށައިފި

މިއީ މި ތީމްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ޕްރޮގްރާމް ހިންގުމަށް ފެސިލިޓޭޓަރުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް މާފުށީގައި ކުރިއަށްދާ ކޭމްޕެކެވެ.

ގާލްގައިޑް އެސޯސިއޭޝަނުން ބާއްވާ މި ކޭމްޕަކީ ކޮންމެ އަހަރަކު މުޖްތަމައުގެ ތަފާތުގެ ކަންކަމަށް ކުދިން ހޭލުންތެރިކުރުމުގެ ގޮތުން ތަފާތު ތީމްތަކަކަށް އަލިއަޅުވާލައިގެން ކުރިއަށްގެންދާ ކޭމްޕެކެވެ. މި އަހަރުގެ ކޭމްޕުގައި "ސާފް ސްމާޓް" ތީމް ބޭނުންކުރަން ނިންފައިވަނީ އިންޓަނެޓް ބޭނުންކުރާ ގޮތްތަކާ މެދު ހޭލުންތެރިކުރުމުގެ ބޭނުމުގަ އެވެ.

ގާލްގައިޑް އެސޯސިއޭޝަނުން ބުނީ އެ އެސޯސިއޭޝަނަކީ ވޯލްޑް އެސޯސިއޭޝަން ފޯ ގާލް ގައިޑްސް އެންޑް ގާލް ސްކައުޓްސް (ވެގްސް) ގެ މެމްބަރަކަށް ވެފައި ތަރައްގީވެ ކުރިއަރަމުންދާ ޓެކްނޮލޮޖީގެ މި ޒަމާނުގައި ދިވެހި އަންހެން ކުދިންނާއި އަންހެނުން ހޭލުންތެރިކުރުން މުހިންމުވެފައިވާ ކަމަށެވެ. މި ޕްރޮގްރާމުގެ ސަބަބުން އަންހެން ކުދިންނަށް އިންޓަނެޓް ބޭނުންކުރާނެ ރަނގަޅު ގޮތް އޮޅުންފިލައި އެ ކުދިން ބާރުވެރިކޮށް، ޒިންމާދާރުވެ ހަރުދަނާ ކުރެވޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

1. އިންޓަނެޓް ޕްލެޓްފޯމްތަކާއި ހެޔޮގުޅުން.

2. އިންޓަނެޓް ޕްލެޓްފޯމްތަކުގައި ދިމާވާ ނޭދެވޭ ކަންކަމުން ރައްކާތެރިވުން.

3. އަމިއްލަ އަބުރާއި ކަރާމާތް އިންޓަނެޓްގެ ޕްލެޓްފޯމްތަކުގައި ހިމާޔަތް ކުރުން.

ޕެޓްރޯލް ލީޑާސް ކޭމްޕުގައި މާލެ އާއި 14 އަތޮޅެއްގެ 36 ސްކޫލަކުން 290 ގައިޑް ކުދިންނާއި 59 ގައިޑް ލީޑަރުން ވަނީ ބައިވެރިވެފަ އެވެ.