19 ސެޕްޓެމްބަރ 2016 - 21:23

ހުޅުމާލޭގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގައި، 100 އަށް ވުރެ ގިނަ ބަނގުރާ ފުޅި ކޭހާއި ދަޅު ކޭސްތަކެއް މިރޭ ހޯދައިފި އެވެ.

ފުލުހުން ބުނީ އެ ތަކެތި ފެނިފައި ވަނީ ބިދޭސީން އުޅޭ ރޯހައުސްއަކުން ކަމަށާއި އޮޕަރޭޝަން މިހާރު ވެސް ކުރިއަށް އެބަ ދާ ކަމަށެވެ.
"މިހާތަނަށް ބެލި ބެލުމުން އެތަކެތި އެތަނަށް އެތެރެކޮށްފައި ވަނީ ޖަމްބޯ ބޭގްތަކަކަށް އަޅައިގެން،" ފުލުހުން ބުންޏެވެ.
އެހެން ނަމަވެސް، މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ.