މީހުން ތިބި ކާރެއް މޫދަށް ވެއްޓިއްޖެ
މީހުން ތިބި ކާރެއް މޫދަށް ވެއްޓިއްޖެ

ގދ. ތިނަދޫގައި މީހުން ތިބި ކާރެއް، ކޮންޓްރޯލުން ނެއްޓި މިއަދު މޫދަށް ވެއްޓިއްޖެ އެވެ.

ފުލުސް އޮފީހުން ބުނީ، ދެ މީހުން ތިބި އެ ކާރު ވެއްޓިފައި ވަނީ ތިނަދޫ އުތުރު ފަރާތު ހިއްކި ސަރަހައްދުން ދުއްވާފައި ދަނިކޮށް ކޮންޓްރޯލު ނުކުރެވިގެން ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނިގޮތުގައި ކާރު މޫދަށް ވެއްޓުނީ ރިވާސްގައި ބައިންދާފައި އިންދާ، ބްރޭކް ޕެޑަލް ކަމަށް ހީކޮށް، އޮޅިގެން ރޭސް ޕެޑަލްއަށް އޮބާލެވުުންނެވެ.

ކާރު އެއްކޮށް އަޑިއަށް ދިޔުމުގެ ކުރިން އޭގައި ތިބި މީހުން ވަނީ އެއިން ނުކުމެފަ އެވެ. އަދި ފަހުން، ކެރޭނެއްގެ އެހީގައި އެ ކާރު ވަނީ މޫދުން ނަގައިފަ އެވެ.

ފުލުހުން ބުނީ ކާރު ދުއްވަން އިނީ އުމުރުން 18 އަހަރުގެ، ލައިސަންސް އޮންނަ ޒުވާނެއް ކަމަށެވެ.