އެންމެ ބާރުގަދަ ކެޓަގަރީގެ ތޫފާނުގައި ބަހާމާސް އަށް ބޮޑެތި ގެއްލުންތަކެއް
އެންމެ ބާރުގަދަ ކެޓަގަރީގެ ތޫފާނުގައި ބަހާމާސް އަށް ބޮޑެތި ގެއްލުންތަކެއް

ނަސާއޫ (ސެޕްޓެމްބަރު 2) - އެންމެ ބާރުގަދަ ކެޓަރީ ކަމަށްވާ ކެޓަގަރީ 5 ގެ ތޫފާނެއް ބަހާސްގެ ރަށްތަކަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެންމެ ބާރުގަދަ ކެޓަގަރީގެ ތޫފާނުގައި ބަހާމާސް އަށް ބޮޑެތި ގެއްލުންތަކެއް
އެންމެ ބާރުގަދަ ކެޓަގަރީގެ ތޫފާނުގައި ބަހާމާސް އަށް ބޮޑެތި ގެއްލުންތަކެއް

ތޫފާން ޑޯރިއަން ބަހާމާސް އަށް އިއްޔެ އެރި އިރު ވައި ޖެހެމުން ދިޔައީ ގަޑިއަކު 185 މޭލު (295 ކިލޯމީޓަރު) ގެ ބާރު މިނުގަ އެވެ. މިއީ ކެރީބިއަންގެ ޖަޒީރާތަކަށް މިހާތަނަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ އެބަކޮސް އައިލެންޑްސް އަށެވެ. އެ ރަށަށް ވަނީ 18-23 ފޫޓުގެ އުސް ރާޅު އަރައިފަ އެވެ. ގޮނޑުދޮށާ ކައިރީގައި ހުރި ގެތަކުގެ ފުރާޅާ ހަމައަށް ވަނީ ފެންބޮޑުވެފަ އެވެ.

ތޫފާނުގައި ބަހާމާސް އަށް ލިބުނު ގެއްލުންތައް ނޫސްވެރިންނަށް ވިދާޅުވެ ދެއްވި އިރު ބޮޑު ވަޒީރު ހުބާޓް މިނިސް ގެންދެވީ ކީރިތި ކުރައްވަމުންނެވެ. ބޮޑު ވަޒީރު ވިދާޅުވީ އެއީ އޭނާގެ ހަޔާތުގެ އެންމެ ހިތާމަވެރި ދުވަސް ކަމަށެވެ.

ތޫފާން ޑޯރިއަންގެ މިސްރާބު މިހާރު ހުރީ އެމެރިކާގެ ފްލޮރިޑާ އާއި ޖޯޖިއާ އަށް ކަމަށްވެ އެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް މި ހަފުތާގައި ޕޮލެންޑަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލް ކުރެއްވުމަށް ފަހު ވަނީ ތޫފާނަށް ތައްޔާރުވުމުގެ ގޮތުން އިމަޖެންސީ ބައްދަލުވުންތަކެއް ބާއްވައިފަ އެވެ. ތޫފާން އަރާނެ ކަމަށް ބެލެވޭ އެމެރިކާގެ ފްލޮރިޑާ، ޖޯޖިއާ އަދި ސައުތު ކެރޮލީނާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ.

ކެޓަގަރީ 1 - ވައި ޖެހޭނީ ގަޑިއަކު 119-153 ކިލޯ މީޓަރަށް

ކެޓަގަރީ 2 - ވައި ޖެހޭނީ ގަޑިއަކު 154-177 ކިލޯ މީޓަރަށް

ކެޓަގަރީ 3 - ވައި ޖެހޭނީ ގަޑިއަކު 178-208 ކިލޯ މީޓަރަށް

ކެޓަގަރީ 4 - ވައި ޖެހޭނީ ގަޑިއަކު 209-251 ކިލޯ މީޓަރަށް

ކެޓަގަރީ 5 - ވައި ޖެހޭނީ ގަޑިއަކު 252 ކިލޯ މީޓަރަށް ވުރެ މަތިން