"އިސްތިރީ" ގެ ދެވަނަ ބައިގެ ވާހަކަ ދައްކަން އަދި މާ އަވަސް: އަމަރު
"އިސްތިރީ" ގެ ދެވަނަ ބައިގެ ވާހަކަ ދައްކަން އަދި މާ އަވަސް: އަމަރު

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ހޮރޯ-ކޮމެޑީ "އިސްތިރީ" ގެ ދެވަނަ ބައި ހަދަން ނިންމާފައި އޮތަސް އެ ފިލްމުގެ ވާހަކަ ދައްކަން އަދިި މާ އަވަސް ކަމަށް ޑައިރެކްޓަރު އަމަރު ކޯޝިކް ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓްގައި ގެނެސްދިން ފިލްމު ރިލީޒްކުރިތާ އެއް އަހަރުވުމާ ދިމާކޮށް، ހުނަރުވެރި ޑައިރެކްޓަރު ބުނީ "އިސްތިރީ" 2 އަށް ބެލުންތެރިން ވަރަށް ބޮޑަށް އުންމީދުކުރާކަން އެނގޭ ކަމަށެވެ.

"އެކަމަކު އެ ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަން އަދި މާ އަވަސް. ފިލްމަށް ބެލުންތެރިންގެ ވަރަށް އެކްސްޕެކްޓޭޝަނެއް އޮންނާނެކަން އެނގޭތީ ކުރީ ބަޔަށް ވުރެ ޝައުގުވެރި އަދި ފުރިހަމަ ފިލްމެއް ގެނެސްދޭން އަހަރެމެން ކުރަން ޖެހޭ މަސައްކަތުގެ ޕްރެޝަރު ވެސް ވަރަށް ބޮޑުވާނެ،" އަމަރު ބުންޏެވެ. "އެހެންވެ ބެލުންތެރިންގެ އުންމީދުތަކާ އެއްވަރުގެ ނުވަތަ އެއަށް ވުރެ ވެސް ޝައުގުވެރި ފިލްމެއް ގެނެސް ދިނުން އަމާޒަކީ."

މިދިޔަ އަހަރުގެ އޮގަސްޓް 31 ގައި ރިލީޒްކުރި "އިސްތިރީ" އަކީ ހޮރޯ-ކޮމެޑީ ޖޯންރާ އަށް މުޅި ބޮލީވުޑް ހޭލައްވާލި އަދި ކުރިން އުންމީދު ވެސް ނުކުރާ ވަރުގެ ތަރުހީބެއް ލިބުނު ފިލްމެކެވެ. ބެލުންތެރިންނާއި ކްރިޓިކުންގެ ލޯބި ވެސް ފިލްމަށް އިންތިހާ އަށް އޮހިގެން ދިޔަ އިރު، ބޮކްސް އޮފީހުގައި "އިސްތިރީ" އަށް 180.76 ކްރޯޑް ރުޕީސް (26 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބުނެވެ.

ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ގެނެސްދިން ފިލްމު ހަދާފައި ވަނީ 25 ކްރޯޑް (4 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ރާޖްކުމާރު ރާއޯ އާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅުނު "އިސްތިރީ" އަކީ އިންޑިއާގެ ރަށްފުށުގެ ޒުވާން ފިރިހެނުން ރޭގަނޑު ޖިންނި ޖަހައިގަނެގެން ގެންދާ ކަމަށް ގަބޫލުކުރެވޭ ގަބޫލުކުރުންތަކުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ ރާޖް އާއި ޑީކޭ އެވެ.

ނަމަވެސް ފިލްމު ރިލީޒްކޮށްގެން ބޮޑު ކާމިޔާބީއެއް ލިބުމާ އެކު ފިލްމުގެ ޕްރޮޑިއުސަރާއި ސްކްރީންރައިޓަރުންނާ ދޭތެރޭ ވަނީ ފައިސާގެ މައްސަލަތަކެއް ޖެހިފަ އެވެ. އެހެންވެ "އިސްތިރީ" ގެ ދެވަނަ ބައިގެ ރާޖް އާއި ޑީކޭ ލިޔެދީފާނެތޯ އޮތީ ސުވާލު އުފެދިފަ އެވެ.

ނަމަވެސް ފިލްމު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދުމާ އެކު ޕްރޮޑިއުސަރާއި ސްކްރީން ރައިޓަރުންނާ ދެމެދު ވަނީ ފައިސާގެ މައްސަލަތަކެއް ޖެހިފަ އެވެ.

އަމަރު މިހާރު އަންނަނީ "ބާލާ" ކިޔާ ބްލެކް ކޮމެޑީއެއް އަންނަ ނޮވެމްބަރު މަހުގެ 22 ގައި ގެނެސްދޭން ތައްޔާރުވަމުންވެ. ތަލަވަމުންދާ މީހެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ތަރިންނަކީ އަޔޫޝްމަން ކުރާނާ އާއި ބޫމީ ޕެޑްނޭކަރުގެ އިތުރުން ޔާމީ ގޯތަމެވެ.