31 އޯގަސްޓް 2019 - 22:50

ވެމްކޯގެ މުވައްޒަފުންނަށް މަދުން ނަމަވެސް އަނިޔާ އާއި ފުރައްސާރަކުރުމުގެ ކަންތައްތައް ދިމާވާ ކަމަށާއި އެގޮތަށް އަމަލުނުކުރުމަށް އެ ކުންފުނިން މިރޭ އިލްތިމާސްކޮށްފި އެވެ.
ކުނި މެނޭޖްކުރުމަށް އުފައްދާފައިވާ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ ސާފު ވެއްޓެއް ގާއިމްކުރުމަށް ކުރާ ބުރަ މަސައްކަތުގެ ތެރެއިން މަދުން ނަމަވެސް މުވައްޒަފުންނަށް އަނިޔާކުރާ ކަމަށެވެ. އެފަދަ ކަންތައްތަކަކީ އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫންކަމަށް ބުންޏެވެ.
"މިފަދަ އަމަލުތައް ހިނގާ ފަރާތްތަކުގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި މައްސަލަ ބަލަމުންދާނެ ވާހަކަ ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.
"މުވައްޒަފުންނަށް މަސައްކަތްކުރާނެ ރައްކާތެރި މާހައުލެއް ގާއިމްކުރުމުގައި މި ކޯޕަރޭޝަނުން ދެމި ހުންނާނެކަމުގެ ޔަގީންކަން އަރުވައި މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އިލްތިމާސްކުރަމެވެ،"
މުވައްޒަފުންނަށް ފުރައްސާރަނުކުރަން އިލްތިމާސްކުރިއިރު، ކުނި ނެގުމުގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފަކަށް މީހަކު މަގުމަތިން ހަމަލާދޭ ވީޑިއޯއެއް މިއަދު ވަނީ ދައުރުވެފަ އެވެ. އެކަމެއް ހިނގީ އެ މީހާ ޑިއުޓީ އަށް ދިޔަ މަގުމަތީގަ އެވެ.