"ޓެން ޓު ޓެން" ރަންނަމާރި ޑައިވް ފަށައިފި
"ޓެން ޓު ޓެން" ރަންނަމާރި ޑައިވް ފަށައިފި

އަންސާނާ އިހުރު ރިސޯޓުގެ އެންމެ މަގްބޫލް ސަރަހައްދު، "ރަންނަމާރި ރެކް" އަށް ޑައިވް ކުރުމަށް ބާއްވާ "ޓެން ޓު ޓެން ޑައިވް" މިއަދު ފަށައިފި އެވެ.

"ޓެން ޓު ޓެން" ރަންނަމާރި ޑައިވް ފަށައިފި
"ޓެން ޓު ޓެން" ރަންނަމާރި ޑައިވް ފަށައިފި

އަންސާނާ އިހުރުގައި ފެށި މި ހަރަކާތް ފައްޓަވައިދެއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަހުމަދު މުޖުތަބާ އެވެ. މުޖުތަބާ ވަނީ މި ރަސްމިއްޔާތު ފެށުމުގެ ގޮތުން މި ހަރަކާތަށް ހާއްސަކޮށްގެން ހަދާފައިވާ ފޮތެއްގައި ސޮއި ކުރައްވައިފަ އެވެ.

"ޓެން ޓު ޓެން" ރަންނަމާރި ޑައިވް ފަށައިފި
"ޓެން ޓު ޓެން" ރަންނަމާރި ޑައިވް ފަށައިފި

މި ހަރަކާތަކީ މިއަދު ހެނދުނު 10:00 އިން ފެށިގެން މާދަމާ ހެނދުނު 10:00 ގެ ނިޔަލަށް ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރުންނާއި ބައެއް ޓޫރިސްޓުން ބައިވެރިވެ އެވެ.

"ޓެން ޓު ޓެން" ރަންނަމާރި ޑައިވް ފަށައިފި
"ޓެން ޓު ޓެން" ރަންނަމާރި ޑައިވް ފަށައިފި

"ރަންނަމާރި ރެކް" އަކީ އާޓިފިޝަލް ފަރެއް ހެދުމަށްޓަކައި ގެނައި ބޯޓެއް އަޑިއަށް ދިޔުމުގެ ސަބަބުން ހެދުނު ތަނެކެވެ. މިތަނަކީ މިހާރު ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ސަރަހައްދެކެވެ.

އަންސާނާ އިހުރުގެ ޖެނެރަލް މެނޭޖަރު މުހައްމަދު ނައީމް ވިދާޅުވީ މި ހަރަކާތުގެ އެންމެ ބޮޑު ބޭނުމަކީ ތިމާވެށި ޕްރޮމޯޓް ކުރުން ކަމަށެވެ. އެގޮތުން މިފަދަ ކަންތައްތަކަށް ތަޖުރިބާކާރު ދިވެހިންނާއި ބޭރުގެ ފަރާތްތައް އެ ރިސޯޓުގައި ހަރަކާތްތެރިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓޫރިސްޓުން ރާއްޖެއަށް އަންނައިރު މިބަލަނީ މޫދާއި ދޮންވެލި ބީޗްތަކަށް. މިއިން އަސްލު މި ބުނެދެނީ އެ ފަރާތްތަކުން ބަލަނީ ތިމާވެއްޓަށްކަން. އެގޮތުން އަޅުގަނޑުމެން މިއަދު މި ފެށި 24 ގަޑިއިރުގެ އިވެންޓަކީ ތިމާވެށި ޕްރޮމޯޓް ކުރުމުގެ ބޭނުމުގައި ފެށި އިވެންޓެއް. މި ކަންތައްތަކުގައި އަޅުގަނޑުމެންނާ އެކު ދިވެހި އަދި ބޭރުގެ އެކްސްޕާޓުން ބައިވެރިވާކަން ފާހަގަކޮށްލެވޭ." މުހައްމަދު ނައީމް ވިދާޅުވި އެވެ.

އަންސާނާ އިހުރު އަދި ބަންޔަން ޓްރީ ވައްބިންފަރު ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މުރަކަ އިންދުމާއި ތިމާވެށީގެ އެކި ދާއިރާތަކުން ހުށަހަޅާ ޕްރެޒެންޓޭޝަންތައް ފާހަގަކޮށްލެވެ އެވެ.