31 އޯގަސްޓް 2019 - 10:22

އަލަބާމާ (އޮގަސްޓް 31) - ބޭކަރީ އަކުން 50 ޑޮލަރު ވަގަށް ނަގައިގެން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ އަލްވިން ކެނާޑް ދޫކޮށްލަން އެމެރިކާގެ އަލަބާމާގެ ފަނޑިޔާރަކު އަމުރު ކުރައްވައިފަ އެވެ.

ކެނާޑް، 58، އަށް މި އަދަބު ލިބުނީ 1970 ގެ އަހަރުތަކުގައި ފާސްކޮށްފައިވާ ހަރުކަށި ގާނޫނުތަކުގެ ދަށުންނެވެ. ކެނާޑް ތިން ކުށެއް ކޮށްފައިވާތީ، އޭނާގެ ހަތަރު ވަނަ ކުށުގެ އަދަބަކަށް ޕެރޯލް ނުލިބޭ ގޮތަށް އުމުރަށް ޖަލަށްލުން ނޫން ހުކުމެއް ފަނޑިޔާރަށް އޭރު އިއްވޭކަށް ނެތެވެ. ނަމަވެސް އެ ގާނޫނުތައް އޭގެ ފަހުން ވަނީ ބަދަލުކޮށްފަ އެވެ.

ވަޅިއެއް ބޭނުންކޮށްގެން ބޭކަރީއަކުން 1983 ވަނަ އަހަރު ވައްކަންކުރި އިރު އޭނާގެ އުމުރުން 22 އަހަރެވެ. އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް ކެނާޑްގެ މައްޗަށް ވަނީ ޕެރޯލް ނުލިބޭ ގޮތަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ކެނާޑް ކުރިން ވަނީ އޭނާ ވައްކަން ކުރި ކަމަށް އެއްބަސްވެފަ އެވެ. އަދި ފަނޑިޔާރު ގާތު އޭނާ ބުނެފައި ވަނީ އޭނާ ކުރި ކަންތަކުގެ ފުރިހަމަ ޒިންމާ އަމިއްލަ އަށް އުފުލާ ކަމަށެވެ. ކެނާޑް އެހެން ބުނުމުން ކޯޓުގައި ތިބި އާއިލާ އާއި ރަހުމަތްތެރިންގެ ފަރާތުން ބޮޑު އުފާކުރުމެއް ފެނިގެން ދިޔަ އެވެ. ކެނާޑް ކޯޓަށް ހާޒިރުކުރި އިރު ހުރީ އަތާއި ފައިގައި ޗޭނު ޖަހައިފަ އެވެ.