މަދަރުސާ އަކީ ހަމައެކަނި ސްކޫލްގެ ހަތަރު ފާރުން އެތެރެ ކަމަށް ދެކިގެން ނުވާނެ: ރައީސް
މަދަރުސާ އަކީ ހަމައެކަނި ސްކޫލްގެ ހަތަރު ފާރުން އެތެރެ ކަމަށް ދެކިގެން ނުވާނެ: ރައީސް

މަދަރުސާ އަކީ ހަމައެކަނި ސްކޫލުގެ ހަތަރު ފާރުން އެތެރެ ކަމަށް ދެކިގެން ނުވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

މަދަރުސާ އަކީ ހަމައެކަނި ސްކޫލްގެ ހަތަރު ފާރުން އެތެރެ ކަމަށް ދެކިގެން ނުވާނެ: ރައީސް
މަދަރުސާ އަކީ ހަމައެކަނި ސްކޫލްގެ ހަތަރު ފާރުން އެތެރެ ކަމަށް ދެކިގެން ނުވާނެ: ރައީސް

ތ. ބުރުނީ ސްކޫލަށް 50 އަހަރު ފުރުން ފާހަގަކުރަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދުނިޔެ ވަރަށް ބޮޑަށް ހުޅުވިފައިވާއިރު ޓެކްނޮލޮޖީގެ ސަބަބުން ގައުމުތަކުގެ އިންފާރުތައް ވެއްޓި، ހުރިހާ ގައުމުތައް އެއް އަވަށަކަށް ވެފައިވާ ކަމަށެވެ.

މަދަރުސާ އަކީ ހަމައެކަނި ސްކޫލްގެ ހަތަރު ފާރުން އެތެރެ ކަމަށް ދެކިގެން ނުވާނެ: ރައީސް
މަދަރުސާ އަކީ ހަމައެކަނި ސްކޫލްގެ ހަތަރު ފާރުން އެތެރެ ކަމަށް ދެކިގެން ނުވާނެ: ރައީސް

ބޮޑެތި ގައުމުތަކުގެ މުއްސަނދި ލައިބްރަރީތައް، ޓެކްނޮލޮޖީގެ އެހީގައި މިއަދު ހުރީ ދަރިވަރުންގެ އިނގިލިކުރިއާ ހަމައަށް ކައިރިވެފައިކަން ފާހަގަކުރެއްވި އެވެ.

"އެހެންވީމާ އިންޓަނެޓް ވެސް އަދި ޒަމާނީ ޓެކްނޮލޮޖީގެ އެހެން ވަސީލަތްތައް ވެސް ތިޔަ ކުދިން ބޭނުންކުރަންވީ ކިޔެވުމުގެ ކަންކަމަށް. އޭރުން މިހާރަށްވުރެ މާ ގިނަ އޭ ސްޓާތައް ލިބެން ފަށާނެ. އަޅުގަނޑު އުންމީދުކުރަން، މިރެއިން ފެށިގެން ތިޔަ ކުދިން އެކަމަށް ސަމާލުކަން ދޭނެ ކަމަށް. މިއީ ބެލެނިވެރިން ވެސް ވިސްނެވުން ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ބޭނުންވަނީ ހަމައެކަނި އޭ ސްޓާ އޮންނަ ސެޓްފިކެޓެއް ނޫން ކަމަށެވެ. މިއަދު ބޭނުންވަނީ ދިރިއުޅުމުގެ އަމަލީ މައިދާނުގައި ވެސް އޭ ސްޓާ ހޯދާ ކުދިންކަމަށާއި ފަންނުވެރި ޒުވާނުން އުފެއްދުމަކީ، މިހާރުގެ ތައުލީމީ ސިޔާސަތުގެ އެންމެ އިސް އަމާޒުކަމަށް ވިދާޅުވި އެވެ.

ގައުމަށް ބޭނުންވަނީ ތައުލީމީ ގޮތުން ގާބިލް އަދި ހުނަރުވެރިކަމާއި ފަންނުވެރިކަމުގައި އާ އުފެއްދުންތަކަށް ފަރިތަ ޒުވާނުންކަން ފާހަގަކުރެއްވި އެވެ.

ގައުމުގެ އިޖްތިމާއީ ހާލަތާއި ފުދުންތެރިކަން އިތުރުވަމުން އަންނަ މިންވަރަށް ރިއާޔަތްކޮށް ގައުމީ މަންހަޖު މުރާޖާކޮށްގެން ނޫނީ ދުނިޔެއަށް އަންނަ ހެޔޮ ބަދަލުތަކާ ފައިހަމަވާ ގޮތަށް ރާއްޖޭގެ ކަންކަން ބަދަލެއް ނުކުރެވޭނެކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަމަށް މަސައްކަތްކުރާއިރު ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ވަރަށް ޕްރައިމަރީ ޓީޗަރުން ނުލިބުމުގެ މައްސަލަ ދިމާވާ ކަމަށެވެ. އެކަން ހައްލުކުރަން ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ގޮތްތަކެއް ރާވަމުން ކަމަށް ވިދާޅުވި އެވެ.

ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް، ކޮންމެވެސް ގާބިލްކަމެއް ނުވަތަ ހުނަރެއް ހުންނާނެކަމަށާއި އެ ކުދިންގެ ކިބައިގައި ހުރި ހުނަރާއި ފަންނުވެރިކަން ކުރިއަރުވައިދިނުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއްކަމަށް ވިދާޅުވި އެވެ.

"ކޮންމެ ބެލެނިވެރިއަކީ މި ދެންނެވި އަމާޒަށް މަސައްކަތްކުރާ މީހަކަށްވާނަމަ، އަޅުގަނޑުމެން މި އެދޭފަދަ ތައުލީމީ ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރުމަކީ ދަތިކަމަކަށް ނުވާނެ. އަޅުގަނޑުމެންގެ މި ޖަޒީރާ ރާއްޖެ، އަޅުގަނޑުމެން އެދޭ މިސްރާބަށް ގެންދެވޭނީ އެންމެން ގުޅިގެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެން،" ރައީސް ވިދާޅުވި އެވެ.