29 އޯގަސްޓް 2019 - 13:58

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަސްމީ މޮޓޯގޭޓުގައި ހިމެނޭ ބޮޑީގާޑުން ދުއްވާ ވެހިކަލެއް ބްރިޖް ހައިވޭގެ ޑިވައިޑާތަކުގައި ޖެހި އެކްސިޑެންޓް ވެއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެކްސިޑެންޓްވީ ރައީސް ތ. އަތޮޅަށް ފުރާވަޑައިގަތުމަށް އެއާޕޯޓަށް ދިޔަ މޮޓޯކޭޑެވެ.
އެކްސިޑެންޓް ހިނގި ވަގުތު އެ ވެހިކަލުގައި ސިފައިންގެ ބޮޑީގާޑުން ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް އެ ވެހިކަލްގެ ކުރީ ބަފަރު ނެއްޓި ވަނީ ގެއްލުންތަކެއްވެފަ އެވެ.
ހުޅުމާލެ އިން ބްރިޖަށް ދަތުރުކުރާ ހައިވޭގައި ހިނގި އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.