30 އޯގަސްޓް 2019 - 08:50

އާމިރު ޚާންގެ ކޮއްކޮ ފައިސަލް ޚާންގެ މަތިން ހަނދާން ހުންނާނީ ކިތައް މީހުން ކަމެއް ނޭނގެ އެވެ. އޭނާއަކީ އެކްޓަރެއްގެ ގޮތުގައި ބެލުންތެރިން ބަލައިނުގަތުމުން ކުރިއަށް ނުދެވުނު އެކްޓަރެކެވެ. އެކަމަކު މި އަހަރު ކުރީކޮޅު ފައިސަލް ވަނީ "ފެކްޓްރީ" ކިޔާ އެކްޝަން ތުރިލާއަކުން އަލުން ސްކްރީނަށް އަންނަ ވާހަކަ ބުނެފަ އެވެ.
އަދި އެ ފިލްމަށް އޭނާގެ އަޑުން ލަވައެއް ވެސް ރިކޯޑްކޮށްފައިވެ އެވެ. "ފެކްޓްރީ" އާ ބެހޭ އާ ވާހަކަތަކެއް ހިއްސާކުރަމުން ފައިސަލް ބުނީ އެ ފިލްމުގައި އެކްޓްކޮށް، ލަވައެއް ކިޔުމުގެ އިތުރަށް ފިލްމު ޑައިރެކްޓް ވެސް ކުރީ އޭނާ އަމިއްލަ އަށް ކަމަށެވެ. އެހެންވެ އެ ފިލްމުވެގެން ދާނީ ފައިސަލްގެ އަލަތު ޑައިރެކްޝަނަށެވެ.
އޭނާ ބުނީ ފިލްމެއް ޑައިރެކްޓްކުރަން ނިންމީ މަންމަ މަންމަ ޒީނަތު ހުސައިން އަބަދު އެ ވާހަކަ ދައްކާތީ ކަމަށެވެ.
"އަހަންނަށް ޑައިރެކްޝަނުން ކުރިއަށް ދެވިދާނެކަމަށް މަންމަ އަބަދުވެސް ބުނާނެ. އެހެންވެ މަންމަ ދިން ހިތްވަރުން ފިލްމު ޑައިރެކްޓްކުރަން ނިންމީ،" އާމިރާ އެކު 2010 ގެ "މޭލާ" ކުޅުނު ފައިސަލް ބުންޏެވެ. "އަހަންނަށް ޔަގީން އަހަރެން ފިލްމެއް ޑައިރެކްޓްކުރުމަކީ މަންމަ އަށް ސަޕްރައިޒަކަށް ވެސް ވާނެ."
"ފެކްޓްރީ" އަކީ އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އެކަމަކު އަދި ވަކި ތާރީހެއް ހަމައެއްނުޖައްސަ އެވެ. މީގެ ކާސްޓުންގެ ތެރޭގައި ރޯލީ ރަޔަން، ރާޖްކުމާރު ކަނޯޖިއާ، ރިބޫ މެހެރާ އަދި ޝަރަދު ސިންގް ހިމެނެ އެވެ.
މިހާރު އުމުރުން 52 އަހަރުގެ ފައިސަލް ލީޑް އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ނުކުތީ 1994 ގެ ފިލްމު "މަދުޚޯޝީ" އިންނެވެ. އޭގެ ފަހުން އޭނާ ކުޅުނު ފިލްމުތަކުގެ ތެރޭގައި ބޯޑާ ހިންދުސްތާން ކާ (2003)، ބަސްތީ (2003) އަދި ކޮންޓްރެކްޓް (2018) ހިމެނެ އެވެ.
"ފެކްޓްރީ" އާ އެކު ފައިސަލް އެނބުރި އަންނަ އިރު، އާމިރުގެ ދައްތަ އަދި ކުރީގެ ޕްރޮޑިއުސަރު ނިޚާތު ޙާން، 56، ވެސް މި އަހަރު ފިލްމަކުން ފެނިގެން ދާނެ އެވެ. އެއީ އޮކްޓޯބަރު 25 ގައި ރިލީޒްކުރާ ބައޮގްރަފިކަލް ޑްރާމާ "ސާންޑް ކީ އާންކް" އެވެ.