27 އޯގަސްޓް 2019 - 11:30

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މެލޭޝިއާގެ ޓޫރިޒަމް މިނިސްޓަރު މުހައްމައްދީން ކެޓާޕީއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ޓޫރިޒަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފި އެވެ.
މިއަދު މެލޭޝިއާގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި މެލޭޝިއާ ދެމެދު ޓޫރިޒަމްގެ ދާއިރާ އިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުންނާއި މެލޭޝިއާ އިން ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން ދެ ގައުމުގެ ޓޫރިޒަމް އިތުރަށް ތަރައްގީކުރުމަށް ހިންގޭނެ ޕްރޮގްރާމްތަކާއި ގެންގުޅެވޭނެ ސްޓްރެޓެޖިކް ޕްލޭންތަކާ ގުޅޭގޮތުން ވެސް ވާހަކަ ދެއްކެވި އެވެ.
މިނިސްޓަރު އަލީ ވަހީދު މިހާރު ހުންނެވީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ކުރިއަށްދާ ވޯލްޑް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިއާގަ އެވެ. މި ކޮންފަރެންސް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.