26 އޯގަސްޓް 2019 - 08:04

ބަތަލާ އެންޖެލީނާ ޖޮލީ މުހިއްމު ރޯލެއް ކުޅޭ މާވެލް ސްޓޫޑިއޯސް އާއި ޑިޒްނީ ސުޕަހީރޯ ފިލްމު "ދި އިޓާނަލްސް" ގެ ކާސްޓަށް، "ގޭމް އޮފް ތުރޯންސް" އިން ވިދާލި އިނގިރޭސި އެކްޓަރު ކިޓް ހެރިންޓަން ވެސް ސޮއިކޮށްފި އެވެ.
ކްލޯއީ ޒާއޯ ޑައިރެކްޓްކުރާ މި ފިލްމަށް ކުރިން ސޮއިކޮށްފައިވާ ތަރިންގެ ތެރޭގައި "ގޭމް އޮފް ތުރޯންސް" ގެ ކާސްޓްގައި ހިމެނުނު ރިޗަޑް މެޑެން އާއި ކުމައިލް ނިންޖާނީ، ލޯރެމް ރިޑްލޮފް، ބްރަޔަން ޓައިރީ ހެންރީ، ސަލްމާ ހަޔެކް، ލިއާ މެކްހިއު، ޑޮން ލީ، ބެރީ ކިއޯގަން އަދި ގެމާ ޗަން ހިމެނެ އެވެ.
ވެރައިޓީން ބުނިގޮތުގައި "ދި އިޓާނަލްސް" ގައި ކިޓް، 32، ފެނިގެން ދާނީ ޑޭން ވިޓްމަން ކިޔާ ކެރެކްޓާއަކުންނެވެ.
މިދިޔަ މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ގަ އެވެ.