24 އޯގަސްޓް 2019 - 14:10

ނިއު ދިއްލީ (އޮގަސްޓް 24) - އިންޑިއާގެ ކުރީގެ މާލީ ވަޒީރު އަރުން ޖައިޓްލީ މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 66 އަހަރުގައި ޖައިޓްލީ އަވަހާރަވިއިރު ގެންދިޔައީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ޕްރޮފެޝަނަލް ލޯޔަރެއް ކަމަށްވާ ޖައިޓްލީ އަކީ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުގެ ފުރަތަމަ ދައުރުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މޯދީގެ ސަރުކާރުގެ މާލީ ވަޒީރުކަމުގެ އިތުރުން ޖައިޓްލީ ވަނީ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ.
ސިއްހީ ހާލަތު ހުރި ގޮތުން، މި އަހަރުގެ އާއްމު އިންތިޚާބުގައި ޖައިޓްލީ ވާދައެއް ނުކުރައްވަ އެވެ.
މި އަހަރުގެ މެއި މަހު ޖައިޓްލީ ވަނީ ދިއްލީގެ އެއިމްސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. މިދިޔަ އަހަރު ވަނީ ޖައިޓްލީގެ ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.