24 އޯގަސްޓް 2019 - 14:14

މާލޭގައި ޕާކް ކޮށްފައި އޮތް ޓެކްސީއަކަށް ވައްކަން ކުރަން ވަދެ އޮތް މީހަކު ފުލުހުން ރޭ އަތުލައިގެންފި އެވެ.
ފުލުހުން ބުނީ މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ޕާކް ކޮށްފައި އޮތް ޓެކްސީއަކުން ވައްކަން ކުރަން އުޅުމުގެ ތުހުމަތުގައި ރޭ މެންދަމު ހައްޔަރުކުރީ 34 އަހަރުގެ މީހެއް ކަމަށެވެ. އޭނާ އަތުލައިގަތީ ކާރުގެ ފަހަތު ދޮރުގެ ބިއްލޫރިގަނޑު ނައްޓާލައިގެން ޓެކްސީ ތެރެއަށް ވަދެ އޮއްވާ ކަމަށް ފުލުހުން ބުނެ އެވެ.
ވައްކަން ކުރަން ކާރު ތެރެއަށް ވަންނަނިކޮށް ފެނުނީ، ފުލުހުން ބުނި ގޮތުގައި، އެ ސަރަހައްދު ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށެވެ. އޭނާ އަތުލައިގަނެ ބަލައި ފާސްކުރިއިރު ކަށިގަނޑާއި ކަޓަރެއް ފެނުނު ކަމަށް ވެސް ފުލުހުން ބުންޏެވެ.