18 ސެޕްޓެމްބަރ 2016 - 13:14

އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، ކަޕިލްގެ ޓީމުގައި ހިމެނޭ އިންޑިއާގެ އެކްޓަރު އަދި ކޮމީޑިއަންއެއް ކަމަށްވާ ސުނިލް ގްރޯވާ ވެސް ކަޕިލްއާ އެކު ރާއްޖެ އައެވެ. އެ މީހުން އައީ ސްރީ ލަންކަން އެއާލައިން އިން މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ޗުއްޓީ ހޭދަކުރާނީ ޖުމައިރާ ވިޓަވެލީ ރިސޯޓުގައި ކަމަށް އެނގިފައިވެ އެވެ.
ކަޕިލް އަކީ އިންޑިއާގެ އެންމެ މަޝްހޫރު ސްޓޭންޑަޕް ކޮމެޑީއަން އެވެ. އޭނާ އަންނަނީ ފިލްމީ އެވޯޑު ހަފުލާތައް ހޯސްޓްކުރުމުގެ އިތުރުން، "ދަ ކަޕިލް ޝަރުމާ ޝޯ"ގެ ނަމުގައި އަމިއްލަ ޝޯއެއް ވެސް ހުށަހަޅައިދެމުންނެވެ.
މިދުވަސްވަރު ބޮލީވުޑްގެ މަޝްހޫރު ގިނަ ބަޔަކު ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަންނައިރު، މަޝްހޫރު ބަތަލް އަކްޝޭ ކުމާރު ވެސް މި މަހުގެ އޭނާގެ އާއިލާއާ އެކު ރާއްޖެ އައިސް އޭނާގެ އުފަން ދުވަސް ފާހަގަކޮށްފައިވެ އެވެ.
ބޮލީވުޑުގެ މަޝްހޫރު ތަރިން ކަމަށްވާ ޖެކުއަލީން ފެނާންޑޯޒް އާއި މަލައިކާ އަރޯރާ ހާން ފަދަ ތަރިން ވެސް ވަނީ ރާއްޖޭގެ ރީތިކަން ދެކިލާފަ އެވެ.