20 އޯގަސްޓް 2019 - 14:43

ނިއު ޔޯކް (އޮގަސްޓް 20) - ހައި ސްކޫލް ދަރިވަރެއްގެ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބޭނުންކުރެއްވި ބާސްކެޓްބޯލް ޖާޒީއެއް ނިއު ޔޯކުގެ ނީލަމެއްގައި 120،000 ޑޮލަރަށް ވިއްކާލައިފި އެވެ.

އުމުރުން 18 އަހަރުގައި އޮބާމާ ބޭނުންކުރެއްވި ހަވާއީގެ ހައި ސްކޫލްގެ 23 ނަމްބަރު ޖާޒީ ވިއްކާލައިގެން ލިބުނު ފައިސާގެ ބައެއް އެ ސްކޫލަށް ވެސް ހަދިޔާ ކުރަން ވަނީ ނިންމައިފަ އެވެ.
ޖާޒީ ނީލަން ކިޔުމުގެ ކުރިން އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 100،000 ޑޮލަރެވެ.
އޮބާމާ އަކީ ބާސްކެޓްބޯޅަ އަށް ވަރަށް ލޯބިކުރެއްވި ބޭފުޅެކެވެ. އަދި ވައިޓް ހައުސްގައި ހޭދަކުރެއްވި ދުވަސްވަރު ވަނީ ސްޓާފުންނާ އެކު ބާސްކެޓް ބޯޅަ ކުޅުއްވައިފަ އެވެ.