ސޮނީގެ "ދަ ސީން"ގެ ނަން ބަދަލުކޮށް އަލުން ހުޅުވައިފި
ސޮނީގެ "ދަ ސީން"ގެ ނަން ބަދަލުކޮށް އަލުން ހުޅުވައިފި

ސޮނީ ހާޑްވެއާ އިން ހިންގި "ދަ ސީން" ފިހާރައިގެ ނަން "ސޮނީ ހޯމް" އަށް ބަދަލުކޮށް އަލުން ހުޅުވައިފި އެވެ.

"ސޮނީ ހޯމް" ހާއްސަ ކޮށްފައިވަނީ ހޯމް އިންޕްރޫމަންޓް އައިޓަމްތަކަށެވެ. މީގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ބަދިގެ ސާމާނާއި ހޯމް އެޕްލަޔަންސްގެ އިތުރުން ގޭތެރެއަށް ބޭނުންވާ ސާމާނާއި ސާފުކުރުމާއި ލޯންޑްރީ އައިޓަމްތައް ހިމެނެ އެވެ.

ސޮނީ ހާޑްވެއާ އިން ބުނީ ފިހާރަ އަށް ގެނައި ބަދަލާއެކު ކަސްޓަމަރުންނަށް ވިޔަފާރި ކުރުމުގައި ވެސް ފަސޭހަވާނެ ކަމަށެވެ. އެގޮތުން ގަންނަން ބޭނުންވާ ތަކެތި އަމިއްލައަށް ތަޖުރިބާ ކުރެވޭނެހެން ފިހާރަ ޑިޒައިންކޮށްފައިވާނެ ކަމަށް ބުންޏެވެ.

ދަ ސީން އަށް ގެނައި ބަދަލާއެކު އެ ފިހާރަ އިން ކުރިން ވިއްކަމުން ދިޔަ ސެނިޓަރީ އައިޓަމްތަކާއި ތަށިމުށި، ސޮނީ ހާޑްވެއާގެ ޖަނަވަރީ މަގުގައި ހުންނަ ފިހާރަ އަށް ވަނީ ބަދަލުކޮށްފަ އެވެ. ސޮނީ ހާޑްވެއާގެ "ސޮނީ ހޯމް" ހުންނާނީ މަޖީދީ މަގުގަ އެވެ.