19 އޯގަސްޓް 2019 - 08:11

އެމެރިކާގެ މަޝްހޫރު ލަގްޒަރީ ގަހަނާ ކުންފުނި ޓިފަނީ އެންޑް ކޯ އިން ގަހަނާ ކަލެކްޝަނެއް ނެރެން ތައްޔާރުވެއްޖެ އެވެ.

އެ ކުންފުނިން ފިރިހެނުންނަށް ނެރޭ ކަލެކްޝަނުގައި 100 އެއްހާ އުފެއްދުން ހިމެނޭނެ އެވެ. އޭގެ ތެރޭގައި އަނގޮޓި އާއި ގަޑި އަދި އަތުގައި އަޅާ އެކި ފާޑުގެ އެއްޗެހި ހިމެނެ އެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި މި ކަލެކްޝަން ރަސްމީކޮށް ލޯންޗް ކުރާ އިރު، އުފެއްދުންތަކުގެ އަގު އުޅޭނީ 200-15،000 ޑޮލަރާ ދޭތެރޭގަ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ޓިފަނީ އެންޑް ކޯގެ އައުޓްލެޓަކުން އުފެއްދުންތައް ލިބެން ހުންނާނެ އެވެ.
ޓިފަނީން މި ކަލެކްޝަން ސިފަކުރަނީ "މޮޑަން މޭން: ބޯލްޑް އެންޑް ކޮންފިޑެންޓް" ގެ ގޮތުގަ އެވެ. އަދި މިއީ ވަކިން ހާއްސަކޮށް ޒުވާނުންގެ ރަހަތަކާ ވަރަށް ގުޅޭނެ އަދި އެ މީހުން އެންމެ ބޭނުންވާނެ ގޮތްތައް ބަލައިގެން ފަރުމާކޮށްފައިވާ ކަލެކްޝަނެއް ކަމަށް ބުންޏެވެ.
"މިއީގެ އެންމެ ހާއްސަ އެއް ސިފައަކަށް ވާނީ ކޮލިޓީ ރަނގަޅު އުފެއްދުންތަކަކަށްވުން،" ޓިފަނީގެ ޗީފް އާޓިސްޓިކް ޑިރެކްޓަރު ރީޑް ކްރެކޯފް ބުންޏެވެ.