17 އޯގަސްޓް 2019 - 23:18

ތ. އަތޮޅުން 175 މީހުން ގޮވައިގެން މާލެއަށް ދަތުރުކުރި އޯޝަން އުފާ 20 ނަމަކަށް ކިޔާ ފެރީ ލޯންޗެއްގެ އިންޖީނުން ތެޔޮ ހުސްވެ ލޯންޗު ހުއްޓިގެން އޭގައި ތިބި މީހުންނަށް ސިފައިން އެހީތެެރިއްވެޖެ އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު މޭޖާ އިބްރާހީމް އާޒިމް ވިދާޅުވީ އޯޝަން އުފާ 20 ގައި ތިބި މީހުންގެ ތެރެއިން ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ކޯސްޓްގާޑް ސީ އެމްބިއުލާންސްގައި މާލެ ގެނައުމަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.
އޯޝަން އުފާ ލޯންޗް ހުއްޓުނީ އޭގެ އިންޖީނުން ތެޔޮ ހުސްވެގެން ކަމަށާއި އެ ލޯންޗަށް ތެޔޮ އަޅަން އެހެން އުޅަނދެއް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާޒިމް ކުރިން ވިދާޅުވެފައި ވަނީ ސީ އެމްބިއުލާންސަށް 10:45 ގައި މާލެ އާދެވޭނެ ކަމަށެވެ.
އީދު ޗުއްޓީއަށް ފަހު ގިނަ ބަޔަކު މިހާރު އެނބުރި މާލެ އައިސްފައި ވާއިރު އަދިވެސް ގިނަ ބަޔަކު އަންނަނީ ދަތުރުކުރަމުންނެވެ.