އެއާޕޯޓުގައި މުޒާހަރާ ކުރެވުނީތީވެ މައާފަށް އެދިއްޖެ
އެއާޕޯޓުގައި މުޒާހަރާ ކުރެވުނީތީވެ މައާފަށް އެދިއްޖެ

ހޮން ކޮން (އޮގަސްޓް 15) - ހޮން ކޮންގެ ބައިނަލްއަގުވާމީ އެއާޕޯޓުގައި ވޭތުވެދިޔަ ދެ ތިން ދުވަހު ވަރުގަދަ މުޒާހަރާތަކެއްކޮށް އެއާޕޯޓް ހުއްޓުމަކަށް ގެނެސް، އެތައް ބަޔަކަށް އުނދަގޫތައް ފޯރާފައިވާތީ މުޒާހަކުރި މީހުން މައާފަށް އެދިއްޖެ އެވެ.

އެއާޕޯޓުގައި މުޒާހަރާ ކުރެވުނީތީވެ މައާފަށް އެދިއްޖެ
އެއާޕޯޓުގައި މުޒާހަރާ ކުރެވުނީތީވެ މައާފަށް އެދިއްޖެ

ޑިމޮކްރެސީ އެކްޓިވިސްޓުން ސަރުކާރާ ދެކޮޅަށް ފަށާފައިވާ ހަރަކާތްތަކުގައި އެއާޕޯޓުގައި މުޒާހަރާ ކުރަން ފެށުމުން އެތައް ފްލައިޓެއް ކެންސަލް ކުރަން ޖެހުމާ އެކު ހޮން ކޮންގެ އޭވިއޭޝަން އޮތޯރިޓީން ވަނީ އެއާޕޯޓް މުޒަހަރާ ހުއްޓުވުމަށް ކޯޓު އަމުރެއް ވެސް ހޯދައިފަ އެވެ. ކޯޓު އަމުރާ އެކު މުޒާހަރާގެ ގިނަ ބައިވެރިންތަކެއް އަމިއްލަ އަށް ވަނީ އެއާޕޯޓް ދޫކޮށް ގޮހެވެ. އެއާޕޯޓް އިއްޔެ އަލުން ހުޅުވުމާ އެކު މަދު ބަޔަކު ނަމަވެސް އެއާޕޯޓަށް ބިލްބޯޑްތަކެއް ހިފައިގެން ގޮސް ވަނީ ޓޫރިސްޓުންގެ ކިބައިން މައާފަށް އެދިފަ އެވެ.

އެއާޕޯޓުގައި މުޒާހަރާ ކުރެވުނީތީވެ މައާފަށް އެދިއްޖެ
އެއާޕޯޓުގައި މުޒާހަރާ ކުރެވުނީތީވެ މައާފަށް އެދިއްޖެ

"އިއްޔެ ހިނގައިދިޔަ ކަންތަކާ މެދު ވަރަށް ބޮޑަށް މައާފަށް އެދެން. އަހަރެމެންގެ މައާފް ގަބޫލް ކުރުން އެދެން،" އެއާޕޯޓުގައި ދަމާފައިވާ ބެނާއެއްގައި ލިޔެފައިވެ އެވެ.

އެއާޕޯޓުގެ މުޒާހަރާއާ ގުޅިގެން ހޯމަ ދުވަހު ވަނީ 180 ފްލައިޓް ކެންސަލްކޮށްފަ އެވެ. އަދި އަންގާރަ ދުވަހު ވަނީ 400 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށްފަ އެވެ. އެތައް ހާސް ޕަސިންޖަރުންނެއް ތިބީ އެއާޕޯޓުގައި ތާށިވެފަ އެވެ. ކޯޓު އަމުރަށް ފަހު ހޮން ކޮން ފުލުހުން ވަނީ އަންގާރަ ދުވަހުގެ ރޭ އެއާޕޯޓުގެ ޓާމިނަލް އޭރިއާ ހުސްކޮށްފަ އެވެ.

މުޒާހަރާގައި ބައިވެރިވި އެތައް ބަޔަކު ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް މައާފަށް އެދިފަ އެވެ.

ހޮން ކޮންގައި ސިލްސިލާ މުޒާހަރާތަކެއް ފަށާފައި ވަނީ ކުށްވެރިން ޗައިނާއާ ހަވާލު ކުރަން ފާސްކުރަން އުޅުނު ބިލަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. ބިލް ފާސް ކުރުން މަޑުޖައްސާލާފައިވީ ނަމަވެސް މުޒާހަރާތައް ކުރިއަށްދާތާ 10 ހަފުތާ ވެއްޖެ އެވެ.