18 ސެޕްޓެމްބަރ 2016 - 07:01

ސްރީނަގަރު (ސެޕްޓެމްބަރު 18) - ކަޝްމީރުގައި އިންޑިއާ އިން ކޮންޓްރޯލް ކުރާ ސަރަހައްދުގައި ބަޑީގެ ވަޒަންތަކުން ފޫއަޅުވާލާފައިވާ ކުޑަ ކުއްޖާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެ އެވެ.

އުމުރުން 11 އަހަރުގެ ނާސިރު ޝާފީ މަރާލާފައި އޮއްވާ ފެނުނީ ހުކުރު ދުވަހު ސްރީނަގަރުން އޭނާ ބޭރަށް ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަނިކޮށެވެ. މި ކުއްޖާގެ ޖަނާޒާރަށް އެތައް ހާސް ބަޔަކު ދިޔައީ ކަޝްމީރުގައި ކާފިއު ހިންގާފައި ވަނިކޮށެވެ.
ކަޝްމީރުގައި ވޭތުވެދިޔަ ދެ މަސް ދުވަހު ހިންގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ވަނީ 80 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ޖުލައި މަހު 9 ވަނަ ދުވަހު ކަޝްމީރުގައި ހަމަނުޖެހުން ހިނގަން ފެށި ފަހުން މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޖައްމޫ އެންޑް ކަޝްމީރު ސްޓޭޓުގައި އިންޑިއާ ސިފައިން ވަނީ ކާފިއު އިއުލާންކޮށްފަ އެވެ. ކަޝްމީރުގެ ހަމަނުޖެހުންތައް އެންމެ ފަހުން ފެށިފައި މި ވަނީ ކަޝްމީރުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ލީޑަރަކު އިންޑިއާ ސިފައިން ބަޑިޖަހާ މަރާލުމާ ގުޅިގެންނެވެ.
ކުޑަ ކުއްޖާގެ ޖަނާޒާގައި ބައިވެރިވި މީހުން ފޮނުވާލުމަށް އިންޑިއާ ސިފައިން ވަނީ ކަރުނަ ގޭސް ވެސް ބޭނުންކޮށްފަ އެވެ. ކަޝްމީރުގައި ހަމަނުޖެހުންތައް ހިންގާ ފަރާތްތަކާ ދެކޮޅަށް އިންޑިއާ ސިފައިން ދަނީ ޝޮޓްގަން ބޭނުން ކުރަމުންނެވެ.
ކަޝްމީރުގެ 60 އަހަރުވީ ހަމަނުޖެހުންތަކުގައި އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ވަނީ ދެ ހަނގުރާމަކޮށްފަ އެވެ.