ސައިކަލްގައި ދަނިކޮށް ފެން ޖެހުމުން ނުރައްކާތެރި އެކްސިޑެންޓެއް
ސައިކަލްގައި ދަނިކޮށް ފެން ޖެހުމުން ނުރައްކާތެރި އެކްސިޑެންޓެއް

ރ. މަޑުއްވަރީގައި ސައިކަލެއްގައި ދިޔަ އަންހެނެއްގެ ގަޔަށް ފެން ޖެހުމުން ސިއްސައިގެން ގޮސް ނުރައްކާތެރި އެކްސިޑެންޓެއް އިއްޔެ ހިނގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަޑުއްވަރީގައި 21 އަހަރުގެ އަންހެނެއްގެ ގަޔަށް ފެން ޖެހީ ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބައެއް ކަމަށެވެ. އަންހެން މީހާގެ ސައިކަލް ފަހަތުގައި 7 އަހަރުގެ ކުއްޖަކު ވެސް އިންދައި ފެން ޖެހުމުން ސިއްސައިގެން ގޮސް ސައިކަލުން ވެއްޓި ދެ މީހުންނަށް އަނިޔާވި އެވެ.

އެކަމަކު ސީރިއަސް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އީދު ފޯރީގައި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ފެނާއި ކުލަ ޖެހުން ވަނީ އާއްމުވެފަ އެވެ. ކުލަ ޖެހުމުގެ ތެރޭގައި ބައެއް މީހުން ހިތްހަމަނުޖެހޭ ކަންކަން ހިނގާފައިވެ އެވެ. ތ. ވޭމަންޑޫގައި، ކުލަ ޖެހުމުގެ ތެރޭގައި އަންހެނަކާ ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެ މައްސަލަ ފުލުހުންނަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.