ކޯމާގައި އޮތް ދިވެހި ހައްޖުވެރިޔާ މަރުވެއްޖެ
ކޯމާގައި އޮތް ދިވެހި ހައްޖުވެރިޔާ މަރުވެއްޖެ

ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދިޔަ ދިވެހި ހައްޖުވެރިޔާ މިރޭ މަރުވެއްޖެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ފ. ދަރަނބޫދޫ މީހެއް ކަމަށްވާ ސީމާ މޫސާ، 38، އަށް ސްޓްރޯކެއް ޖެހިގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން "މިނާ އަލްވާދީ" ހޮސްޕިޓަލުގައި އައީ ފަރުވާ ދެމުންނެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހަމީދު ވިދާޅުވިގޮތުގައި ސީމާ މަރުވީ ކޯމާގައި އޮއްވައި އިރުއޮއްްސުނު ވަގުތު އެވެ.

ސީމާ އަށް ސްޓްރޯކް ޖެހުނީ މިނާ ޓެންޓްގައި ހުއްޓަ އެވެ. އޭނާ ފާހަނާގައި ހުއްޓައި އަނބުރައިގަނެގެން ވެއްޓުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ.

ސީމާ ހައްޖަށް ދިޔައީ ފިރިމީހައާއެކުގަ އެވެ.