15 އޯގަސްޓް 2019 - 08:56

މަޝްހޫރު ސޯޝަލް އެޕް ސްނެޕްޗެޓް އުފެއްދި ކުންފުނި، ސްނެޕް އިންކުން ކުރިން ނެރެފައިވާ ވީޑިއޯ ރެކޯޑް ކުރެވޭ ސްމާޓް އައިނަށް އަނެއްކާވެސް އިތުރު ބަދަލެއް ގެނެސް ބާޒާރަށް ނެރެން ތައްޔާރުވެއްޖެ އެވެ.
މިހާރު ޕްރި-އޯޑަރަށް ވެސް ހުޅުވާލާފައިވާ "ސްޕެކްޓަކްލްސް 3" އަށް ގެނައި އާ ބަދަލަކީ ތްރީޑީ އިފެކްޓެކެވެ. އެހެންވެ މިއީ ކުރިން ނެރުނު އައިނާ ހިލާފަށް ތްރީޑީ ކެމެރާއާ އެކު ރެކޯޑް ކުރެވޭނެ އެއްޗެކެވެ. އެއާ އެކު ވީޑިއޯތަކަށް މުޅިން އާ ގޮތްގޮތް ވެސް ހަދައިލެވޭނެ އެވެ.
މީގެ ވަރުގަދަކަން ހާމަކޮށްދިނުމުގެ ގޮތުން ސްނެޕުން ކުރާ ދައުވާ އަކީ އިންސާނެއްގެ ހަމަ ލޮލަށް ފެންނަހާ ސާފުކޮށް، ސްޕެކް 3 އަށް މަންޒަރުތައް ނަގާނެ ވާހަކަ އެވެ.
އަންނަ މަހު އާންމުކޮށް ބާޒާރަށް ނެރެން ނިންމާފައިވާ ސްނެޕް އައިނު ވިއްކަން ހަމަޖެހިފައި ވަނީ 380 ޑޮލަރު (5،890 ޑޮލަރު) އަށެވެ.
މިއީ ކުރިން ނެރުނު އައިނުގެ އަގާ އަޅާބަލާއިރު ތިން ގުނަ ބޮޑު އަގެކެވެ. އެހެންވެ ސުވާލަކީ ހަމަ ހަގީގަތުގައި ވެސް އެ އަގާ އެކަށީގެންވާ ވަރުގެ އެއްޗަކަށް ވާނެތޯ އެވެ؟
ސްނެޕުން އެންމެ ފުރަތަމަ ސްމާޓް އައިނު ނެރުނީ 2016 ގަ އެވެ.