ނޯވޭގެ މިސްކިތަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ފުލުހުން
ނޯވޭގެ މިސްކިތަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ފުލުހުން

އޮސްލޯ (އޮގަސްޓް 11) - ނޯވޭގެ ވެރިރަށް އޮސްލޯގެ އަލް ނޫރު މިސްކިތުގައި ބަޑި ޖެހި ހާދިސާ އަކީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ނޯވޭ ފުލުހުން ބުނެފި އެވެ.

ނޯވޭގެ މިސްކިތަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ފުލުހުން
ނޯވޭގެ މިސްކިތަށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ފުލުހުން

އަލް ނޫރު އިސްލާމިކް ސެންޓަރުގައި ބަޑިޖެހުމުގެ ސަބަބުން އެކަކު ވަނީ ޒަޚަމްވެފަ އެވެ. މިސްކިތުގައި ތިބި މީހުން ވަނީ ބަޑިޖެހި މީހާ ހިފަހައްޓައިފަ އެވެ.

ނޯވޭ ފުލުހުންގެ އެސިސްޓެންޓް ޗީފް ރޫން ސްކްޖޯލްޑް ވިދާޅުވީ ހަމަލާ ދިނީ ދޮން ނަސްލުގެ ޒުވާނެއް ކަމަށެވެ. އޭނާގެ މައްޗަށް ވަނީ މީހުން މަރަން އުޅުމުގެ ދައުވާ ކުރަން ނިންމައިފަ އެވެ.

މިސްކިތުގެ ޑިރެކްޓަރު އިރްފާން މުޝްތާގު ވިދާޅުވީ ޒަޚަމްވެފައި ވަނީ 75 އަހަރުގެ މީހެއް ކަމަށެވެ. ބަޑިޖެހި ވަގުތު މިސްކިތުގައި ތިބީ ތިން މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތެއްގައި މި އަހަރު ކުރީކޮޅު ބަޑިޖަހައި 50 މީހުން މަރާލުމާ ގުޅިގެން ނޯވޭގެ އަލް ނޫރް މިސްކިތުގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފަ އެވެ.