12 އޯގަސްޓް 2019 - 07:42

އުފަން ދުވަހުގެ ހަދިޔާއަކަށް ޖެގްއާއެއްގެ ބަދަލުގައި ބީއެމްޑަބްލިއު ކާރެއް ދިނުމުން އެކަމާ ނުރުހުންވެ އިންޑިއާގެ ޒުވާނަކު އެ ކާރު ކޯރެއްގެ ތެރެއަށް ވައްޓާލައިފި އެވެ.
ބައެއް މީޑިއާތަކުން ބުނީ މި ހާދިސާ ހިނގީ މިދިޔަ ހުކުރު ދުވަހު ހަރިއާނާ ސްޓޭޓްގެ ޔަމުނާނަގަރުގައި ކަމަށެވެ. ހުދު ކުލައިގެ ކާރު ކޯރުގެ ތެރެއަށް ވައްޓައިލުމަށް ފަހު، އޭގެ ވީޑިއޯ ނަގައި އޭނާ ވަނީ ފޭސްބުކްގައި ވެސް ހިއްސާކޮށްފަ އެވެ. އޭގައި ކާރު ކައިރީގައި ބަޔަކު ހަރަކާތްތެރިވާ ތަނާއި މަންޒަރު ބަލަން ގިނަ ބަޔަކު ޖަމާވެފައި ތަން ފެނެ އެވެ.
ރިއަލްސްޓޭޓްގެ ވިޔަފާރިކުރާ އާއިލާއެއްގެ ދަރިއަކަށް ހަދިޔާއަކަށް ދިން ކާރު ކޯރަށް ވައްޓާލި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ އޮފިޝަލަކު އިންޑިއަން އޭޝިއަން ނިއުސް އެޖެންސީ (އިއަންސް) އަށް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން ބީއެމްޑަބްލިއުގެ ބަދަލުގައި ދަރިފުޅު ބޭނުންވީ ޖެގުއާ ބްރޭންޑްގެ ކާރެއް ކަމަށްވާތީ އައި ރުޅީގައި އޭނާ ކާރު ކޯޓަށް ވައްޓާލީ ކަމަށެވެ.
ނަމަވެސް ކާރު ކޯރަށް ވައްޓާލުމަކީ ނުރަނގަޅު އަމަލެއް ކަމަށް ފުލުހުން ބުންޏެވެ. ކޯރުގެ ތެރެއިން ކާރު ފަހުން ވަނީ ނަގައިފަ އެވެ.
އެ ކާރުގެ އަގު 3.5 ކްރޯޑް ރުޕީސް (49،000 ޑޮލަރު) އަށް އަރަ އެވެ. ޖެގްއާއެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 4-5 ކްރޯޑް ރުޕީސްއާ ދޭތެރޭގަ އެވެ.