ފްލައިން ސްކޫލުގެ ބޯޓު ކަނޑަށް ވެއްޓުނު ހާދިސާ ސީއޭއޭ އިން ތަހުގީގު ކުރަނީ
ފްލައިން ސްކޫލުގެ ބޯޓު ކަނޑަށް ވެއްޓުނު ހާދިސާ ސީއޭއޭ އިން ތަހުގީގު ކުރަނީ

އައްޑޫ ފްލައިން ސްކޫލުގެ ބޯޓެއް ޝަންގްރިއްލާ ރިސޯޓު ކައިރިން ކަނޑަށް ވެއްޓުނު ހާދިސާ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ތަހުގީގު ކުރަން ފަށައިފި އެވެ.

ސީއޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ތަހުގީގު ކުރަނީ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީއާ ގުޅިގެން ކަމަށެވެ.

ޕައިލެޓްކަން ދަސްކުރާ އައްޑޫ އަންހެން ކުއްޖަކާއި އޭނާގެ އިންޑިއާ އިންސްޓްރަކްޓަރު އިން ބޯޓު ވެއްޓުނީ އިންޖީނު ހުއްޓިގެން ކަމަށްވެ އެވެ. ބޯޓު ވެއްޓުނު ނަމަވެސް އެ ދެ މީހުން ވަނީ ގެއްލުމެއް ނުލިބި ސަލާމަތްވެފަ އެވެ. ނަމަވެސް އެ ދެ މީހުން ވެސް ޝަންގްރިއްލާ ވިލިނގިލި ރިސޯޓުގެ މެޑިކަލް ސެންޓަރަށް ގެންދިޔަ ކަމަށް ސީއޭއޭ އިން ބުންޏެވެ.

ބޯޓު ވެއްޓުމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޯސްޓް ގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވެސް އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ. ބޯޓު އޮތީ 8.6 މީޓަރު (28 ފޫޓު) އަޑީގަ އެވެ.