އައްޑޫ ފްލައިން ސްކޫލުގެ ބޯޓެއް ކަނޑަށް ވެއްޓިއްޖެ، ދެ މީހުން ސަލާމަތްވި
އައްޑޫ ފްލައިން ސްކޫލުގެ ބޯޓެއް ކަނޑަށް ވެއްޓިއްޖެ، ދެ މީހުން ސަލާމަތްވި

އައްޑޫ ފްލައިން ސްކޫލުގެ ބޯޓެއް، ޝަންގްރިއްލާ ރިސޯޓު ކައިރި ކަނޑަށް މިއަދު ވެއްޓިއްޖެ އެވެ.

އައްޑޫ ފްލައިން ސްކޫލުގެ ބޯޓެއް ކަނޑަށް ވެއްޓިއްޖެ، ދެ މީހުން ސަލާމަތްވި
އައްޑޫ ފްލައިން ސްކޫލުގެ ބޯޓެއް ކަނޑަށް ވެއްޓިއްޖެ، ދެ މީހުން ސަލާމަތްވި

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ބޯޓު ވެއްޓުމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ކޯސްޓް ގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވެސް އެ ސަރަހައްދުގައި ވަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ. ބޯޓު އޮތީ 8.6 މީޓަރު (28 ފޫޓު) އަޑީގަ އެވެ.

އައްޑޫ ފްލައިން ސްކޫލުގެ ބޯޓެއް ކަނޑަށް ވެއްޓިއްޖެ، ދެ މީހުން ސަލާމަތްވި
އައްޑޫ ފްލައިން ސްކޫލުގެ ބޯޓެއް ކަނޑަށް ވެއްޓިއްޖެ، ދެ މީހުން ސަލާމަތްވި

އައްޑޫ ސިޓީ އަށް ނިސްބަތްވާ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ބޯޓުގައި އިން ޕައިލެޓްކަން ދަސްކުރާ އައްޑޫ އަންހެން ކުއްޖަކާއި އޭނާގެ އިންޑިއާ އިންސްޓްރަކްޓަރު އޭގައި އިނެވެ.

އެންމެ ފަހުން ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި ދެ މީހުން ވެސް މި ހާދިސާގައި ސަލާމަތްވި އެވެ.

ބޯޓު ވެއްޓުނީ އިންޖީނު ހުއްޓިގެން ކަމަށްވެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އޭރު އަންހެން ޓްރެއިނަރަށް ދަސްކޮށްދެމުން ދިޔައީ އެމަޖެންސީގައި މޫދަށް ބޯޑު ޖައްސާނެ ގޮތެވެ.

ފުލުހުން ބުނީ ބޯޓު ވެއްޓުނީ ހަވީރު 4:30 ހާ އިރު ކަމަށެވެ. ނަމަވެސް ބޯޓުގައި ތިބި ދެ މީހުންނަށް އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.