އަސްލަމް، ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި
އަސްލަމް، ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި

އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވި ނޭޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި އެވެ.

އަސްލަމް، ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި
އަސްލަމް، ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައިފި

ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ އިސްވެރިއެއްގެ ގޮތުގައި ވަޑައިގެންނެވި އަސްލަމް ވަނީ، ގްރޫޕުތަކާ ވަކިން ބައްދަލުކުރައްވައި ހައްޖުވެރިންގެ ހާލު ބައްލަވައިފަ އެވެ.

މި އަހަރު ރާއްޖޭން ހަތަރު ޖަމާއަތަކުން މީހުން ހައްޖަށް ގެންދިޔައީ ހައްޖު ކޯޕަރޭޝަންގެ އިތުރުން އަލްހަރަމައިން އާއި ތަޒްކިއާ އާއި މިނާ އަދި އެކްރޯ ޕްރައިވެޓް ލިމިޓެޑެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެ ގްރޫޕުގެ ހަވާލުގައި ހައްޖަށް ދިޔަ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އެމީހުން މި ވަގުތު ތިބީ މިނާގައި ކަމަށް ބުންޏެވެ.

ރާއްޖެއިން މި އަހަރު ގާތްގަނޑަކަށް 2،000 އެއްހާ މީހުން ހައްޖަށް ދިޔަ އެވެ.