ފިހިގެން އައިބުވެފައިވާ މީހަކަށް ސޯޝަލް މީޑިއާގައި މަލާމާތްކުރަނީ
ފިހިގެން އައިބުވެފައިވާ މީހަކަށް ސޯޝަލް މީޑިއާގައި މަލާމާތްކުރަނީ

ޓެރީ ކާވްސްބާޓް އަކީ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އުމުރުން އެންމެ ދެ އަހަރުގައި، ގޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ޓެރީގެ ހަށިގަނޑުގެ 85 ޕަސެންޓް ފިހުނެވެ. އެންމެ ބޮޑަށް ފިހުނު ބައިތަކުގެ ތެރޭގައި އިސްތަށިގަނޑާއި ނޭފަތާއި ތުންފަތާއި އިނގިލިތައް އަދި އެއް ފައި ހިމެނެ އެވެ.

ފިހިގެން އައިބުވެފައިވާ މީހަކަށް ސޯޝަލް މީޑިއާގައި މަލާމާތްކުރަނީ
ފިހިގެން އައިބުވެފައިވާ މީހަކަށް ސޯޝަލް މީޑިއާގައި މަލާމާތްކުރަނީ

އިންގްލެންޑްގައި ދިރިއުޅޭ ޓެރީ ފިހުނުލެއް ބޮޑުކަމުން ސިފަ ގެއްލިފައި ވިޔަސް އެއީ ހިތްވަރުގަދަ ޒުވާނެކެވެ. އޭނާގެ އައިބުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި މަލާމާތްކުރަމުންދާ މީހުންނަށް ދަނީ ރައްދު ދެމުންނެވެ. މަލާމާތްތަކާ ގުޅިގެން ހިތްހަލާކުވެ މާޔޫސްވާކަން ޓެރީ ބޭނުމެއް ނުވެ އެވެ. ވަކި ބަޔަކު ނޭނގޭ ގޮތަށް ފޮރުވިގެން ތިބެ ޓެރީއަށް މަލާމާތްކޮށް ފުރައްސާރަކުރާ މީހުންނަކީ ވަރަށް ފިނޑި އަދި ގޮތެއްނެތް ބަޔެއްގެގޮތުގައި އޭނާ ސިފަ ކުރެ އެވެ.

ފިހިގެން އައިބުވެފައިވާ މީހަކަށް ސޯޝަލް މީޑިއާގައި މަލާމާތްކުރަނީ
ފިހިގެން އައިބުވެފައިވާ މީހަކަށް ސޯޝަލް މީޑިއާގައި މަލާމާތްކުރަނީ

ޓެރީ އަށް މަލާމާތްކުރާކަން އެނގުނީ 10،000 މީހުން ފޮލޯކުރާ ފޭސްބުކް ޕޭޖެއްގައި ކޮންމެވެސް މީހަކު ޓެރީގެ ފޮޓޮއެއް ޕޯސްޓްކުރި ހިސާބުންނެވެ. އެ ފޮޓޯގެ ތިރީގައި ކެޕްޝަނަކަށް ޖަހާފައިވަނީ "އަހަންނަކީ އައިބުވެފައިވާ މީހަކަށް ވާތީ އެންމެން އަހަންނާ ހެދި ވަރަށް ލަދުގަނޭ" އެވެ. އެ ޕޯސްޓް ފެންނަ މީހުން ޓެރީ ހުތުރުކަމުން "ލަދު ނުގަންނަނަމަ" އެ ފޮޓޯ ޝެއާކުރަން އެދިފައިވެ އެވެ.

މިހާތަނަށް މި ފޮޓޯއަށް 2،200 އަށް ވުރެ ގިނަ މީހުން އެކި ކަަހަލަ ކޮމެންޓްކޮށްފައިވެ އެވެ.

ޓެރީ ބުނި ގޮތުގައި އެންމެ ފުރަތަމަ އެ ޕޯސްޓް ފެނުނީ އޭނާގެ އެކުވެރިއަކަށެވެ. އޭރުވެސް 1،000 އަށް ވުރެ ގިނަ މީހުން އެ ފޮޓޯ އަށް ކޮމެންޓްކޮށްފައިވެ އެވެ. ޓެރީ ގާތު އެކުވެރިޔާ އެ ވާހަކަ ބުނުމުން ވެސް އެ ޕޯސްޓް ހުޅުވާލަން ނުކެރިފައި ވެސް އެތައް ދުވަހަކު ހުރި ކަމަށް ޓެރީ ބުންޏެވެ.

ޓެރީ ބުނީ މިއީ އޭނާގެ ހަޔާތުގައި ވެސް އައި އެންމެ ދެރަވި އެއް ދުވަސްވަރު ކަމަށެވެ.

ޓެރީގެ އެކުވެރިންނާއި އޭނާއަށް ހެޔޮއެދޭ ގިނަ މީހުން މިކަމާ ވަނީ ވަރަށް ރުޅިގަދަވެފަ އެވެ. އަދި މިއީ ވަރަށް ގޮތްކުޑަ އަމަލެއްގެ ގޮތުގައި އެމީހުން ސިފަ ކުރެ އެވެ. އެމީހުން ބޭނުންވަނީ ޓެރީއަށް ވެގެން އޭނާގެ ނަމުގައި ޖަހާފައިވާ އެ ފޮޓޯ ފޭސްބުކުން ނަގައިދިނުމެވެ.

ނަމަވެސް އެ ޕޯސްޓްގައި ފޭސްބުކްގެ ގައިޑްލައިނާ ޚިލާފު އެއްވެސް އެއްޗެއް ނެތް ކަމަށާއި އެހެންވެ އެ ޕޯސްޓް ނެގެން ނެތް ކަމަށް ފޭސްބުކުން ބުނެފައިވާ ކަމަށްވެ އެވެ.

ޓެރީ އާއި އޭނާގެ އެކުވެރިން މިހާރު ވަނީ ސައިބަ ބުލީއާ ދެކޮޅަށް ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ފަށައިފަ އެވެ. އަދި ޓެރީ ނޫނަސް މިގޮތަށް މީހުންނަށް ބުލީކޮށްފައި ހުންނަ ފޭސްބުކް ޕޭޖްތައް ނެގުމަށް އެމީހުން ވަނީ ފޭސްބުކަށް އިލްތިމާސްކޮށްފަ އެވެ.