ސައިކަލަކުން ޖެހި ކުއްޖަކަށް އަނިޔާވެއްޖެ
ސައިކަލަކުން ޖެހި ކުއްޖަކަށް އަނިޔާވެއްޖެ

މަޖީދީމަގުން ހިނގާފައި ދިޔަ ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެ ކުއްޖާ އަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިރޭ 8:14 އެހާ އިރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ކަމަށާއި އެ ކުއްޖާ އަށް އޭޑީކޭ ހޮސްޕިޓަލުގެ އިމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ސައިކަލުން ޖެހުނު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު މޭކަށިގަނޑާއި އުނަގަނޑު އަދި ވާތު ކޮނޑަށް ތަދުވެ، ނޭވާލާން އުނދަގުލެވެ.

އެކްސިޑެންޓުގައި ކުއްޖާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލް ދުއްވަން އިނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އޭނާގެ އަތުގައި ލައިސަންސް އޮތް ކަަމަށެވެ.