10 އޯގަސްޓް 2019 - 16:09

ކޮންސްޓްރަކްޝަން ދާއިރާގެ ނަން މަޝްހޫރު ކެމިކަލެއް ކަމަށްވާ "ސިކާ" ކެމިކަލް ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.
މި ކެމިކަލް ތައާރަފުކުރީ އެމްޓީސީސީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެމް.އާރު.އީ.އައި.ސީ އިންނެވެ. މިއީ އިމާރާތްތައް ވޯޓާ ޕްރޫފްކޮށް، އިމާރާތުން ފެން ލީކުނުވާނެހެން އިމާރާތް ދަމަހައްޓައި އިމާރާތުގެ އުމުރު ދިގުކުރުމަށް ބޭނުންކުރާ ކެމިކަލެކެވެ.
މި ކެމިކަލް ރާއްޖެ އަށް ތައާރަފްކުރީ ކޮންކްރީޓުން އިމާރާތްތައް ހަދަން ފެށުނީއްސުރެ ގެތަކުން ފެންލީކުވުމުގެ މައްސަލަ އެތައް ބަޔަކަށް ދިމާވާތި އެކަމަށް ހައްލެއް ހޯދައި ދިނުމަށް ކަމަށް އެމް.އާރު.އީ.އައި.ސީ އިން ބުންޏެވެ.
މީގެ އިތުރުން ރާއްޖޭހެ ކޮންސްޓްރަކްޝަން ދާއިރާގައި ދިމާވާ މައްސަލަކަށް ހައްލު ހޯދައިދީ ކޮންސްޓްރަކްޝަން ކެމިކަލް ސަޕްލައިކުރުމުގެ އިތުރުން، އެ ތަކެތި ރަނގަޅަށް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދީ، ވޯޓާ ޕްރޫފްކުރުމުގެ ޚިދުމަތް ވެސް އެމް.އާރް.އީ.އައި.ސީ އިން އަންނަނީ ދެމުންނެވެ. ސިކާ ކެމިކަލް ލިބެން ހުންނާނީ އެ ކުންފުނީގެ ފިހާރަ، ފަންވަރު ޝޯރުމުންނެވެ.
ސިކާ އަކީ ދުނިޔޭގެ އެންމެ ކޮލިޓީ ކޮންސްޓްރަކްޝަން ކެމިކަލް ބްރޭންޑެވެ. ސްވިޓްޒަލޭންޑަށް ނިސްބަތްވާ މި ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބިޔަ މަޝްރޫއުތައް ހިންގުމުގައި ކޮންސްޓްރަންޝަން ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދީ އެދާއިރާއަށް ޚިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.