07 އޯގަސްޓް 2019 - 10:26

ކަންނެންޏަށް ނުކުމެ އުޅުނު ދ. މީދޫ މަސްވެރިންގެ ބަޔަކު އާދަޔާ ހިލާފު ބޮޑު ހިބަރެއް ބާނައިފި އެވެ.
މީދޫގެ "ލޭޒާ 4" ދޯނީގެ މަސްވެރިން މިދިއަ މަހު 27 ގައި ވ. އަތޮޅާ ކައިރިން ބޭނި މި ހިބަރުގެ ބަރުދަނުގައި 400 ކިލޯ ހުރި ކަމަށް އެމީހުން ބުނެ އެވެ. އެ ދޯނީގެ މަސްވެރިޔަކު "މިހާރު"އަށް ބުނީ މިއީ އާންމުކޮށް ރާއްޖޭގައި ބާނާ ހިބަރުގެ ސައިޒަށް ބަލާއިރު ފަސް ގުނަ ބޮޑު މަހެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް އާއްމުކޮށް ފެންނަނީ 70-80 ކިލޯގެ ނުވަތަ އެންމެ ބޮޑުވެގެން ވެސް 90 ވަރަކަށް ކިލޯގެ ހިބަރު. މީ ހަމަ އާދަޔާ ހިލާފަށް ބޮޑު ހިބަރެއް،" އެ މަސްވެރިޔާ ބުންޏެވެ.
މ. ދިއްގަރަށް ގޮސް ކިލޯއެއް 10ރ ގެ ރޭޓުން އެ ބިޔަ ހިބަރު ވިއްކާލައިގެން "ލޭޒާ 4"ގެ މަސްވެރިންނަށް 4،000ރ ލިބުނެވެ.
ހިބަރުގެ ފޮޓޯ އާއި އޭގެ މައުލޫމާތު ސޯޝަލް މީޑިއާއަށް ދޫށްލުމުން ވަރަށް ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތެވެ.
ރާއްޖޭގެ މަސްވެރިންނަކީ ސޯޝަލް މީޑިއާ ވަރަށް ގާތް ބައެކެވެ. އެ މީހުންގެ ދުވަހުގެ މަސައްކަތް ވަރަށް ތަފުސީލުކޮށް ގެންނަ ގްރޫޕްތަައް ވެސް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވެ އެވެ.