06 އޯގަސްޓް 2019 - 11:55

އީދު ބަންދުގައި މި މަހުގެ 14 ވަނަ ދުވަހު ހިދުމަތް ދޭނެ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ބުނެފި އެވެ.
އަންނަ ހުކުރު ދުވަހުން ފެށިގެން އެ ބޭންކުގެ ހުރިހާ ސެންޓަރެއް ވެސް ބަންދުވާނެ އެވެ. ނަމަވެސް އެމްއައިބީން ބުނީ އެ ބޭންކުގެ ހުރިހާ ސެންޓަރަކުން ވެސް ކުރިއެކޭ އެއްގޮތަށް، އަންގާރަ ދުވަހު ހިދުމަތް ދޭނެ ކަމަށެވެ.
އެމްއައިބީގެ ސެންޓަރުތައް މާލޭގެ އިތުރުން ހުޅުމާލެ އާއި ކުޅުދުއްފުއްޓާއި ތިނަދޫ އާއި ފުވައްމުލަކު އަދި އައްޑޫ ހިތަދޫގައި ހުރެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް އީދު ބަންދު ތެރޭ، މި މަހުގެ 14 ގައި ހިދުމަތް ދޭނެ ކަމަށް ވަނީ ބުނެފަ އެވެ.