05 އޯގަސްޓް 2019 - 19:09

އަޟްހާ އީދު ބަންދުތަކުގެ ތެރެއިން އޮގަސްޓް 14 ވާ ބުދަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިދުމަތް ދިނުމަށް ނިންމައިފި އެވެ.
ބީއެމްއެލުން ބުނީ އަންނަ ހަފްތާގެ ބުދަ ދުވަހު އެ ބޭންކްގެ ހުރިހާ ބްރާންޗުތަކެއް ހުޅުވާފައި ހުންނާނެ ކަމަށެވެ. މި ގޮތަށް ބޭންކުން ނިންމީ ދިގު ޗުއްޓީގައި އެންމެ އެކަށީގެންވާ ގޮތެއްގައި ކަސްޓަމަރުންނަށް ބޭނުންވާ ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށްޓަކަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުން ގާއިމްކޮށްފައިވާ 46 ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް އީދު ބަންދުގައި ޑިޕޮސިޓް ކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑި އިރު ލިބޭނެ އެވެ. އަދި ބޭންކްގެ އޭޓީއެމް ނެޓްވޯކްތަކުންނާއި އިންޓަނެޓް އަދި މޯބައިލް ބޭންކިން ހިދުމަތް ލިބޭނެ އެވެ.